ހަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރުގެ އެޑްވައިޒަރާއި ދުންޔާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރ ދުންޔާ މައުމޫން މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕާކިސްތާނު ބޮޑުވަޒީރުގެ އެޑްވައިޒަރު ސަރްތާޖް އަޒީޒް އާއި ބައްދަލުކުރައްވައިފި އެވެ.

މިއަދު ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގަިއ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެގައުމުން އެކަމަނާއަށް ވިދާޅުވީ ހޫނު މަރުހަބާއަށް ޝުކުރު އަދާކުރެއްވި އެވެ.

އަދި ދެގައުމުގެ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ބައިލެޓިރަލް ގުޅުން ވަރުގަދަ ކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.

މިބައްދަލުވުމުގައި ޖޮއިންޓް ސެކްރެޓަރީ ފަރުޒާނާ ޒާހިރާއި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އާމިނަތު ޝަބީނާ އަދި ޕާކިސިްތާނުގެ އިސްލާމްއާބާދުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ