މިސްކިތް

ޖާމިއާ މިސްކިތް - ކަރާޗީ، ޕާކިސްތާން

މި އީ ޕާކިސްތާންގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތެވެ. ޖާގައިގެ ނިސްބަތުން ދުނިޔޭގެ ތިންވަނަ އެވެ. އެއްފަހަރާ 800،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް މިހާރު ލިބެން ހުރި މައުލޫމާތުން އެނގެ އެވެ. މިސްކިތް ބިނާކުރުމަށް 20 ހެކްޓަރުގެ ބިމެއް ވަނީ ޚާއްސަކޮށްފަ އެވެ.

މި މިސްކިތް ބިނާކުރަނީ ހަމަ ބިމަށް ވުރެ އުހުގައި -- 60 ފޫޓު އުސް ފަރުބަދައެއް މަތިގަ އެވެ. އެއީ ދުރަށް މިސްކިތް ދެއްކުމަށެވެ.

މި މިސްކިތުގައި ހުންނަނީ އެންމެ މުންނާރެކެވެ. އުސްމިނަކީ 99 މީޓަރު (325 ފޫޓް) އެވެ. އެކަމަކު 150 ގުއްބު ހުރެ އެވެ.

މިއީ ޕާކިސްތާންގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތެވެ. ޖާގައިގެ ނިސްބަތުން ދުނިޔޭގެ ތިންވަނަ އެވެ. އެއްފަހަރާ 800،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް މިހާރު ލިބެން ހުރި މައުލޫމާތުން އެނގެ އެވެ.

މިސްކިތް ބިނާކުރުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ވަރަށް ފެންވަރު ރަނގަޅު މާބްލް. މިސްކިތް ވަށައި ބޮޑުބައެއް ޚާއްސަކޮށްފައި ވަނީ ގުދުރަތީ ބަގީޗާއަށް

މިސްކިތް ބިނާކުރުމަށް 20 ހެކްޓަރުގެ ބިމެއް ވަނީ ޚާއްސަކޮށްފަ އެވެ.

މިސްކިތު ގޯތި ތެރެއިން ފެށިގެން ބޮޑު ސަރަހައްދަށް ފެތުރިގެންދާ ގޮތަށް ފެންއަރާވަޑާންތައް ވަނީ ބިނާކޮށްފަ. އަޅުކަންކުރާ މީހުން ހޫނުން ހިމާޔަތްކުރުމަށް މަސްޖިދުއްނަބަވީގައި ހުންނަ ކަހަލަ ބޮޑެތި -- އިރުގެ އައްޔަށް ހުޅުވޭ ބޮޑެތި ކުޑަތަކެއް ވަނީ ބަހައްޓާފަ

މިސްކިތުގެ ފަރުމާތަކުގައި އިސްލާމީ އަރަބި ޑިޒައިންތަކާއި ޕާކިސްތާނަށް ޚާއްސަ ކުލަތަކާއި ކުރެހުން ވަނީ ހިމަނާފަ އެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345