މިސްކިތް

އަލްޖާމިއުލް ކަބީރު ފީ ތޫބާ - ތޫބާ، ސެނެގާލް

ަ ގްރޭޓް މޮސްކް އޮފް ތޫބާ" ނުވަތަ ތޫބާގެ ބޮޑު މިސްކިތް -- މިއީ ސެނެގާލްގެ ސިޓީއެއް ކަމަށްވާ ތޫބާގައި ހުންނަ މިސްކިތެކެވެ. ސެނެގާލްގައި ބޮޑު މިސްކިތެއް އިމާރާތްކުރުމުގެ ޚިޔާލު ލިޔުންތަކަށް ތިލަކުރެއްވީ އެއިރު ސެނެގާލްގެ ވެރިކަމުގައި ހުންނެވި އަހްމަދު ބަމްބާ، 1887 ގައެވެ.

މިސްކިތުގެ މަސައްކަތްތައް އަހްމަދު ބަންބާގެ ހަޔާތުގެ ފަހުކޮޅު 27-1924 ގައި ފަށައިގަތް ނަމަވެސް ފަރަންސޭސިންގެ އިސްތިއުމާރީ ބާރުވެރިކަމާ ހެދި ކުރިއަށްދާ ގޮތެއް ނުވި އެވެ. އެއީ ފަރަންސޭސިވިލާތުން ފޯރުކޮށްދޭން ބުނި ފައިސާ ހަމަނުޖެހުމުންނެވެ.

ތޫބާގެ ބޮޑު މިސްކިތުގެ ބިންގާ 1932 ގައި ފުރިހަމަކުރެވުނު ނަމަވެސް، މިސްކިތް އިމާރާތްކުރުމުގެ މަސައްކަތްތައް ފިނިހަކަ ދުވެލީގައި ގޮސް ނިމުނީ 1963 ގައެވެ. މިސްކިތް ނިމުނުއިރު، ސެނެގާލްގައި މިސްކިތެއް އިމާރާތްކުރުމަށް ހިތްވަރުދެއްވި އާރުކާޓީންގެ އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

އަލްޖާމިއުލް ކަބީރު ފީ ތޫބާގެ ދިގުމިނަކީ 100 މީޓަރެެވެ. ފުޅާމިނަކީ 80 މީޓަރެވެ. ޖާގަ އަކީ 7،000 މީހުންނެވެ.

މިސްކިތް ނިސްބަތްވަނީ ސުންނީ މުސްލިމުންނަށެވެ. އެހެންނަމަވެސް ސޫފީންގެ އަސަރުވެސް މި މިސްކިތަށް ވަނީ ފޯރާފަ އެވެ. ލިޔުންތަކުން ފެންނަ ގޮތުން މިސްކިތާ ދުރުނޫން ހިސާބުގައި ގަބުރު ވަޅުލާފައި ހުރި ކަމަށް ބެލެވެ އެވެ. މިސްކިތަށް ވާ ގޮތަށް ގަބުރު ހުރިނަމަ މިސްކިތުގައި ނަމާދު ސައްހައެއް ނުވާނެ އެވެ.

މިސްކިތުގެ އިމާރާތުގައި ހަތް މުންނާރާއި 14 ގުއްބު ހުރެ އެވެ. މީގެ ތެރޭގައި ހިމެނެނީ ވަރަށް ބޮޑު ތިން ގުއްބާއި އެކި ސައިޒުގެ އިތުރު 11 ގުއްބެވެ. އެންމެ އުސް އަދި މިސްކިތުގެ މެދަށްވާ ގޮތަށް ހުންނަ މުންނާރުގެ އުސްމިނަކީ 315 ފޫޓެވެ.

ތޫބާގެ ބޮޑު މިސްކިތަކީ ނަމާދުކުރާ ތަނަކަށް ވުރެ ޓޫރިސްޓުން ޝައުގުވެރި އިމާރާތަކަށް ވަނީ ވެފަ އެވެ. އެހެން ނަމަވެސް، ތޫބާގެ އަހުލުވެރިން ނަމާދުކުރުމާއި ގުރުއާން ކިޔެވުމަށް މިސްކިތް ބޭނުންކުރާ ތަން ފެނެ އެވެ.

މި މިސްކިތް ބޭނުންކުރާ މީހުންގެ ތެރޭގައި ސުންނަތާ ޚިލާފު އަމަލުތައް ކުރާ މީހުން ހިމެނެ އެވެ.

ސެނެގާލްގައި ގިނައީ އިސްލާމުންނެވެ. ހިސާބުތައް ދައްކާ ގޮތުން އެއީ 96.6 ޕަސެންޓެވެ. ކްރިސްޓިއަން 3.3 ޕަސެންޓް އެވެ. އަދި ބައެއް އެހެން ދީންތަކުގެ މީހުން ވެސް އުޅެ އެވެ.