މިސްކިތް

ޖާމިއުލް ޖަޒާއިރު - އަލްޖިއާސް، އަލްޖަޒާއިރު

ޖާ މިއުލް ޖަޒާއިރު -- އަލްޖީރިއާގެ ބޮޑު މިސްކިތުގެ ބިންގާއެޅީ އޯގަސްޓް 16، 2012 ގައެވެ. އިމާރާތްކޮށް ނިމުނީ އޭޕްރީލް 29، 2019 ގައެވެ. މުޅި މިސްކިތް ބިނާކޮށް ފުރިހަމަކުރުމަށް އެއް ބިލިއަން ޔޫރޯ ވަނީ ޚަރަދުކޮށްފަ އެވެ. މިސްކިތުގެ ޖާގަ އަކީ 120،000 އެވެ.

އަލްޖީރިއާގެ ސަރުކާރުން ބޭނުންވި ގޮތަށް މިސްކިތް ޑިޒަައިންކުރީ ޖަރުމަނުގެ ކުންފުންޏަކުންނެވެ. އިމާރާތްކުރީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގް ކޯޕޮރޭޝަން އިންނެވެ.

މި މިސްކިތް އިމާރާތްކުރުމުގައި ދުނިޔޭގެ ތެލުގެ ބާޒާރަށް އެރި ލޮޅުމުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން ބަޖެޓް ތާށިވެ މިސްކިތުގެ މަސައްކަތައް ލަސްވެގެން ދިޔަަ އެވެ. މިސްކިތް އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ޗައިނާ އާއި ދުނިޔޭގެ އެހެން ގައުމުތަކުން 2،300 މީހުން ވަނީ ބައިވެރިވެފަ އެވެ.

އަލްޖީރިއާ ބޮޑު މިސްކިތުގެ މައި ހޯލުގައި އެއްފަހަރާ 37،000 މީހުންނަށް ޖަމާއަތް ހެދެ އެވެ. ވަށައިގެން އޮތް ޖާގަ އާއެކު -- މިސްކިތުގެ ޖާގަ 120،000 އަށް އަރަ އެވެ.

މިސްކިތުގެ ގޯތި ތެރޭގައި ގުރުއާން ކިޔަވައިދޭ މަރުކަޒަކާއި ލައިބްރަރީއެއް އަދި ފަޔާ ސްޓޭޝާނެއް ހުރެ އެވެ. އަދި ވަރަށް ބޮޑު ޕާކިން ޒޯނެއް -- 7،000 ކާރު ޕާކުކުރެވޭ ވަރުގެ ޖާގައެއް ވެސް އޮވެ އެވެ.

މިސްކިތުގައި ހުންނަ އާދަޔާ ޚިލާފު ރީތި މުންނާރުގެ އުސްމިނުގައި 869 ފޫޓު ހުރެ އެވެ. މިއީ އެފްރިކާ ބައްރުގައި ހުންނަ އެންމެ އުސް މުންނާރެވެ. މިސްކިތް ބިނާކޮށްފައި ވަނީ މެގްނެޓިއުޑް ނުވައެއްގެ ބާރުމިނުގައި އަންނަ ބިންހެލުމަށް ކެތްކުރެވޭ ގޮތަށެވެ.

ޖާމިއުލް ޖަޒާއިރު މިސްކިތުގެ މަތީގައި އޮންނަ ގުއްބުގެ ފުޅާމިނުގައި 160 ފޫޓު ހުރެ އެވެ. އުސްމިނަނީ 230 ފޫޓެވެ. މިސްކިތުގައި ލިޔުންތަކާއި ކުރެހުންތައް އަޅާފައި ވަނީ ޒަމާނީ ލޭޒާ ބޭނުންކޮށްގެންނެވެ.

މި މިސްކިތަށް ދޫލަ ހަދިޔާކޮށްފައި ވަނީ އީރާނުންނެވެ.