މިސްކިތް

މަޚްޗުކަލާ މިސްކިތް - ދަޖިސްތާން، ރަޝިއާ

ރަ ޝިއާގެ ބެލުމުގެ ދަށުގައި އޮންނަ އެކަމަކު ވަކި ވެރިކަމެއް ހިންގާ ދަޖިސްތާން އަކީ ބަހާއި އަދަބިއްޔާތުގެ ގޮތުން ވަރަށް ބޮޑަށް ބައިބައިވެފައި އޮންނަ ސަރަހައްދެކެވެ.

ދަޖިސްތާންގެ ވެރިރަށް، މަޚްޗުކަލާގެ ނަމުން މި މިސްކިތަށް ނަންދީފައި ވުމުން މިއީ ދަޖިސްތާނަށް ފުރިހަމަކަށް ގެނެސްދޭ ބިނާއެއް ގޮތުގައި އެ ތަނުގެ އަހުލުވެރިންނާއި ޒިޔާރަތްކުރާ މީހުން ދެކެ އެވެ.

މަޚްޗުކަލާ މިސްކިތް ބިނާކުރުމުގެ ހުރިހާ ޚަރަދެއް ކޮށްފައިވަނީ ތުރުކީިގެ ވަރަށް މުއްސަދި އާއިލާ އަކުންނެވެ.

މި މިސްކިތް އިމާރާތްކުރަން ފެށީ 1991 ގައެވެ. ނަމޫނާ އަކަށް ބަލާފައި ވަނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ "ބްލޫ މޮސްކް" އެވެ. އާންމުކޮށް ހުޅުވާލީ 1997 ގައެވެ.

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ބުލޫ މިސްކިތުގެ ޖާގަ އަކީ 10،000 އެވެ. އެހެންނަމަވެސް، މަޚްޗުކަލާ މިސްކިތުގެ ޖާގަ އަކީ 17،000 އެވެ.

މިސްކިތުގެ ޖާގަ ބޮޑުކުރުމަށް 2004 އިން 2007 އަށް ކުރި މަސައްކަތްތަކުގައި -- އާންމުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފަ އެވެ. އެއީ ފައިސާ ހޯދަން ބޭއްވި ޓެލެތޯނަކުންނެވެ.

މަޚްޗުކަލާ މިސްކިތުގައި 57 ގުއްބު ހުރެ އެވެ. މިސްކިތުގެ ގިބްލައަށް ވާގޮތަށް ހުންނަ ދެ މުންނާރު -- ކޮންމެ މުންނާރެއްގެ އުސްމިނުގައި 137 ފޫޓު ހުރެ އެވެ.

ދީނީ ގޮތުންނާއި ސަގާފީ ގޮތުން ބައިބައިވެފައި އޮތް ނަމަވެސް ދަޖިސްތާންގެ އާންމު ރައްޔިތުން މި މިސްކިތަށް ނުހަނު އަހައްމިއްޔަތުކަން ދެ އެވެ. މިސްކިތް ފޮޅާ ސާފުކޮށް މަރާމާތުކުރުމަށް ޚާއްސަ ބަޔަކު އައްޔަންކޮށްފައި ތިބެ އެވެ.

މަޚްޗުކަލާ މިސްކިތަކީ ދަޖިސްތާނަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު މަރުކަޒެކެވެ. ރަޝިއާ އަކީ ނިސްބަތުން އިސްލާމުން މަދު ގައުމެއް ނަމަވެސް، މި ސަރަހައްދުގައި މުސްލިމުންނަށް އޮންނަ ފުރުސަތަށް، އެތަނަށް ޒިޔާރަތްކުރާ މީހުން ހައިރާންވެ އެވެ.

މި މިސްކިތުގެ ޑިޒައިން ތުރުކީން ނަކަލުކުރެވި ރަޝިއާއަށް ފޯރާފައިވަނީ އަރަބި މުސްލިމުންގެ އަސަރުތަކާ އެކު އެވެ. މިއީ ވެސް އެ ތަނަށް ޒިޔާރަތްކުރާ މީހުންގެ ސަމާލުކަށް މަޚްޗުކަލާ މިސްކިތަށް ލިބޭ ވަރަށް ބޮޑު ސަބަބެކެވެ.