މަ ސްޖިދުލް ޤުލް ޝަރީފް ނުވަތަ ގުލް ޝަރީފް މިސްކިތުގެ ތާރީޚް 16 ވަނަ ގަރުނަށް ފޯރަ އެވެ. މި މިސްކިތް މިހާރު ހުރި ގޮތަށް ޑިޒައިންކޮށް ޒަމާނީކޮށްފައިވަނީ އެކި ފަހަރު މަތިން މަރާމާތުކުރުމަށްފަހު 2005 ވަނަ އަހަރު އެވެ.
މިއީ މި މިސްކިތުގެ ޒަމާނުގައި، ތުރުކީގެ އިސްތަމްބޫލް ފިޔަވައި ޔޫރަޕްގައި ހުރި އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތުގެ ޖާގައަކީ 6،000 އެވެ.
މި މިސްކިތަށް ޤުލް ޝަރީފްގެ ނަމުން ނަންދީފައިވަނީ އޭނާ އަކީ އެއީ އެ ޒަމާނުގައި އުޅުނު ދީންވެރިއަކަށް ވާތީ އެވެ.
ގުލް ޝަރީފް މަރުވެފައިވަނީ ކާޒަންގެ ހިމާޔަތުގައި ރަޝިއާގެ ސިފައިންނާ ހަނގުރާމަކޮށް 1552 ގައެވެ.
މި ހަނގުރާމައިގައި ގުލް ޝަރީފް މިސްކިތް ވެސް އެއްކޮށް ސުންނާފަތިވެގެން ދިޔަ ކަމަށް ވެއެވެ.
ގުލް ޝަރީފާ އެކު އޭނާއަށް ތަބާވެ ތައުލީމު ހާސިލުކޮށްގެން ތިބި ވަރަށް ގިނަ ދަރިވަރުން ވެސް ވަނީ ރަޝިއާ ސިފައިންނާ ހަނގުރާމަކޮށް މަރުވެފަ އެވެ.
މަސްޖިދުލް ޤުލް ޝަރީފް އަލުން އިމާރާތްކުރުމުގެ މަސައްކަތްތައް ފަށައިގަތީ 1996 ވަނަ އަހަރު އެވެ. މިހާރު ފެންނަން ހުރި ގޮތަށް އަރަބި އިސްލާމީ ކުރެހުންތަކާ އެކު މުޅި މިސްކިތް އިމާރާތްކޮށް ނިންމައި ހުޅުވީ ޖުލައި 24، 2005 ގައެވެ.
ގުލް ޝަރީފް މިސްކިތް އަލުން އިމާރާތްކުރުމަށްފަހު ތަނުގެ ޖާގަ ވަނީ ބޮޑުކޮށްފަ އެވެ. އެއީ ދާރުލް އަސާރަކާއި އިދާރީ މަސައްކަތްތަކަށް ވަކި އިމާރާތެއް އަދި ލައިބްރަރީ އަކާއި ފޮތް ޗާޕްކުރާ ކާރުޚާނާއެއް ވެސް މިސްކިތު ގޯތިތެރޭގައި ހިމެނުމަށެވެ. މިސްކިތުގެ އިމާމަށް ޚާއްސަ އެޕާޓްމަންޓެއް ހުންނަ ކަމަށްވެސް ވެއެވެ.
ކާޒަންގެ އާންމުން ހުކުރު އީދު ފަދަ މުސްލިމުންގެ އުފާވެރި ދުވަސްތައް ފާހަގަކުރުމަށް މަސްޖިދުލް ގުލް ޝަރީފަށް ޖަމާވާ ކަމަށް ވެއެވެ. އީދު ނަމާދަށް ފަހު ކެއިން ބުއިމާއި ހަދިޔާ ބަދަކުލުރުން މިސްކިތުގެ ގޯތިތެރޭގައި އޮވެ އެވެ.
މި މިސްކިތުގެ ޑިޒައިންތައް އެންމެ ބޮޑަށް ވައްތަރުވަނީ ތުރުކީގެ ޑިޒައިންތަކާ އެވެ. ތުރުކީގެ މިސްކިތްތަކުން މިހާރުވެސް މިފަދަ ކުރެހުންތައް ފެންނަން އެބަހުއްޓެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ތުރުކީގެ ނުފޫޒު މި މިސްކިތަށް ކޮންމެވެސް މާނައެއްގައި ފޯރާފައިވާ ކަމަށެވެ.
މަސްޖިދުލް ޤުލް ޝަރީފް އަކީ ކާޒަން އަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ކޮންމެހެން ޒިޔާރަތް ކުރަން ޖެހޭ މަންޒިލެކެވެ. މިއީ މި އަވަށަށް ލިބިފައިވާ ވަރަށް ޝަރަފުވެރި އިމާރާތެއް ގޮތުގައި އާންމު ރައްޔިތުން ބަލައިގަނެ އެވެ. އަދި މިސްކިތް ރީތިކަމަށް މި މިސްކިތް ދުށް ކޮންމެ މީހަކު ބުނެ އެވެ.