ޓީ-ބިލް

ޓީބިލް ވިއްކަން ހުޅުވާލައިފި

ސަރުކާރުން 1.4 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ 27 ދުވަހުން އަނބުރާ ދެއްކުމަށް 100 މިލިއަން ރުފިޔާގެ ޓީބިލަކާއި 28 ދުވަހުން އަނބުރާ ދެއްކުމަށް 973.5 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަން އިއުލާނުކޮށްފަ އެވެ.

މީގެ އިތުރުން 97 ދުވަހުން އަނބުރާ ދެއްކުމަށް 180 މިލިއަން ރުފިޔާގެ ޓީބިލަކާއި 181 ދުވަހުން އަނބުރާ ދެއްކުމަށް 135 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 363 ދުވަހުން އަނބުރާ ދެއްކުމަށް 100 މިލިއަން ރުފިޔާ ޓީބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފަ އެވެ.

ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ފިނޭންސް މިނިސްޓްރީން 3.2 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކަން މިމަހުގެ ކުރީކޮޅު އިއުލާނުކުރި އެވެ.

އެ މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިތާބުތަކަށް ބަލާއިރު ޓީބިލާއި ބޮންޑަށް އަނބުރާ ދައްކަންޖެހޭ ޖުމްލަ އަދަދު 72 ބިލިއަން ރުފިޔާއަށް އަރަ އެވެ.