ހަބަރު

ލޯޔަރު މަހުފޫޒް ބޮލަށް ވަޅި ޖެހި ތިން މީހަކަށް ދައުވާކޮށްފި

Feb 4, 2016

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނޭ ލޯޔަރު މަހުފޫޒު ސައީދުގެ ބޮލަށް ވަޅި ހެރި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.

އެ މައްސަލައިގައި ދައުވާ އުފުލަނީ ރާއިދު އަހްމަދާއި ޚާލިދު ނަފީއު އާއި ފިރާޒު ޖައުފަރުގެ މައްޗަށެވެ. ރާއިދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާ އެވެ. ދެން ތިބި ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ވަނީ ނެރެފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަހުފޫޒުގެ ބޮލުގެ އަރިމައްޗަށް ދެ އިންޗި ފުންމިނަށް ވަނީ ވަޅި ހަރައިފަ އެވެ. އެކަމުގެ ސަބަބުން މަހުފޫޒް ވަނީ އޭޑީކޭއަށް ފަހު ލަންކާއަށް ގެންގޮސްވެސް ފަރުވާދީފަ އެވެ.