ބޮ ޑު އީދު ނުވަތަ އަޟްހާ އީދަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުން އިސްލާމް ދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަން ނިމުން ފާހަގަކުރާ ބަރަކާތްތެރި އުފާވެރި އީދުގެ ދުވަސްތަކެވެ.
މި މަތިވެރި އަޅުކަން މީގެ އެތައް ހާސް އަހަރެއް ކުރިންވެސް ކުރަމުން އަންނަނީ އިބްރާހިމް އަލައިހިއްސަލާމް ކީރިތި ﷲއަށް ޓަކައި ވެވަޑައިގެންނެވި ގުރުބާނީގެ މައްޗަށް ސައުދީ އަރަބިއާގެ މައްކާގަ އެވެ. އެކަލޭގެފާނު ޝައިޠޯނާގެ ކިބައިން ދުރުވެ ކީރިތި ﷲ އަށް ޓަކައި ވެވަޑައިގެންނެވި ރޫހާނީ ގުރުބާނިއްޔަތަށްޓަކައި އޭގެ އެތައްހާސް އަހަރެއް ފަހުން ކީރިތި ރަސޫލާ މީލާދީން 622 ގައި އެ ރޫހާނިއްޔަތު އިއާދަކުރައްވައި ހައްޖުގެ އަޅުކަން އަދާކުރުމުގެ އިރުޝާދު މުސްލިމުންނަށް ވަނީ ގެނެސްދެއްވާފަ އެވެ.
އެހެންކަމުން ދުނިޔޭގެ އާބަދީގެ ބިލިއަނަކަށް ވުރެ ގިނަ މީހުންގެ ދީނުގައި އެންމެ ހާއްސަ އެއްއަޅުކަމާއި ސައުދީ އަރަބިއާ އާއި ގުޅިފައިވުމުން މިއީ ސައުދީ އަރަބިއާގައި އަޟުހާ އީދު ދުވަސް އިތުރަށް މުހިއްމުކަން ގެނުވައި ސައުދީ އަރަބިއާގެ ސަރުކާރުގައި އެންމެހާ މުސްލިމުންނަށްޓަކައި އެޅިފައިވާ ބިޔަ މަސްއޫލިއްޔަތެކެވެ.
ކީރިތި ﷲ އަށް ޓަކައި އަޅުކަން ކުރުމަށް ބިންމަތީގައި އިބްރާހިމް އަލައިހިއްސަލާމް ފުރަތަމަ ބިނާ ކުރެއްވި ކައުބަތުﷲ ގެފުޅު ހުންނަ ސައުދީ އަރަބިއްޔާގެ މައްކާގައި މަތިވެރި ހައްޖުގެ އަޅުކަން ނިންމުމަށްފަހު ކޮންމެ އަހަރަކުވެސް ހައްޖު މަހުގައި މުސްލިމުން އަންނަނީ ރޫހާނިއްޔަތު އާކޮށް އެކަމުގެ އުފާ ފާޅުކުރަމުންނެވެ.
އެގޮތުން މި ބޮޑު އީދުގައި ސައުދީގެ ސަގާފީ ކަންކަމާއި ގަދީމީ އާދަކާދަ އޮޅުންފިލުވައިދޭ ތަފާތު ހަރަކާތްތައް މުޅި ގައުމުގައި ހިންގައި، ސައުދީ ކުދި ބޮޑު އެއްމެންނާއި ބޭރުގެ މެހުމާނުންނާއި ފަތުރުވެރިންނާއި އަދި ބޭރު ގައުމުތަކުގެ މަސައްކަތު މީހުންނަށް ތަފާތު ތަންތަނަށް ޒިޔާރަތްކޮށް ހޯދައި ބަލައި ބައިވެރިވުމުގެ އުފާފާޅުކަން ހޯދުން އޮވެ އެވެ.
ވަކިން ހާއްސަކޮށް އާއިލާއާއި ރައްޓެހީންނާއެކު އެކުގައި ވަގުތު ހޭދަކުރުމާއި އަދި ދީލަތިކަން ހިއްސާކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އީދުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ކަންކަމެވެ. މިކަންކަމުން އެއްމެން ބައިވެރިވެ އުފާވެރިކަން ލިބިދެވޭކަން ޔަގީން ކުރުމަކީ އީދުގެ މަތިވެރި މަގުސަދެވެ.
މިއަހަރު ސައުދީގައި އަޟްހާ އީދު ދުވަހަށް ކަނޑައަޅާފައިވަނީ އަރަފާތް ދުވަސް -- ޖޫން މަހުގެ 27 އާއި ޖެހިގެން އަންނަ ޖޫން 28 ވަނަ ދުވަހެވެ.
އީދުގެ ޒީނަތްތެރިކުރުމާއި މާހައުލުގައި ބައިވެރިވުން
އީދުގެ ހަފްލާއަކީ މުޅި ސައުދީ އަރަބިއާއަށް ކާރޫބާރޫ ބޮޑުކަން ގެނުވައި މުޅި މާހައުލު ޒީނަތްތެރިކުރުމާއި އީދުގެ އުފާވެރިކަން އިހުސާސްކުރުވާ ހަފްލާތަކެކެވެ.
ސައުދީގެ ހުރިހާ މަގުތަކެއްގައި ބޮކި ދިއްލައި ތަފާތު ސަގާފީ ތަކެތީން ޒީނަތްތެރިކޮށް، އާދަކާދައިގައި ހިމެނޭ ފާނޫޒު ފަދަ ތަކެތި އެލުވައި އީދުގެ ރަމްޒުތަކުން ފަޅުފިލުވައިދެ އެވެ.
މި އުފާވެރިކަން ގެނުވާ މާހައުލުގައި ޝޮޕިން މޯލްތަކަށް ޒިޔާރަތްކޮށް ވިޔަފާރިކުރުމާއި އަދި ޒީނަތްތެރިކޮށްފައިވާ އާންމު ތަންތަނަށް ޒިޔާރަތްކޮށް ޖާދުވީ ޒީނަތްތެރިކަމުގައި އެއްމެންނަށް އުފާވެރިކަމުގެ މާހައުލެއް ގެނުވައި އީދުގެ އުފާ ފާހަގަކުރުމަކީ ސައުދީގެ ވަރުގަދަ އާދަކާދަ އެވެ.
ސަގާފީ ކެއުންތަކާއި ގަދީމީ ރަހަތައް
އަޟްހާ އީދުގެ އުފާވެރި އަނެއް ހަރަކާތަކީ މީރު ކެއުންތަކާއި ރަހަތަކެވެ. ސައުދީގެ ހާއްސަ އަދަކާދައިގެ ތެރޭގައި ހިމެނޭ ކެއުންތަކާއި ރަހަ ތަކަކީ އީދުގައި ގެނެސްދޭ ވަރަށް ހާއްސަ ކަމެކެވެ. އެގޮތުން ހާއްސަ ކެއުންތައް ތައްޔާރު ކުރާ ތަންތަނުގެ ތެރޭގައި ޖިއްދާ އާއި ރިޔާޒް ހިމެނެ އެވެ. އެތަންތަނުގައި ތަފާތު ސަގާފީ ކެއުންތައް އެކި ހޮޓާތަކުގައި ލިބޭނެ އިންތިޒާމް އީދުގައި އޮވެ އެވެ. އީދުގެ ހާއްސަ ކެއުންތަކުގެ ތެރޭގައި ބަކަރި މަހުގެ ތަފާތު ކެއުންތައް ކަމުގައިވާ މަންދީ ނުވަތަ ކަބްސާ އަކީ ސައުދީގެ ހާއްސަ ކެއުމެކެވެ. މީގެ އިތުރުން ފޮނިކާ ތަކެތީގެ ތެރޭގައި އީދަށް ހާއްސަ ގަތާޔިފް އަދި ކުނަފާ ފާހަގަކޮށްލެވެ އެވެ.
އަތްތެރި މަސައްކަތުގެ ބާވަތްތަކާއި ސައުދީގެ ހާއްސަ އުފެއްދުންތައް
ސައުދީ ގައި އީދަށް ތަފާތު މާރުކޭޓްތައް ތައްޔާރުކޮށް އަތްތެރި މަސައްކަތުގެ ހުނަރުވެރި އުފެއްދުންތަކާއި ސައުދީގެ ހާއްސަ އުފެއްދުންތައް ދައްކާލުމަކީ އޮންނަ އީދުގެ ހާއްސަ އުފަލެކެވެ.
ސައުދީގެ މިފަދަ ތަންތަނަށް ޒިޔާރަތްކޮށް އުފާވެރިކަމާއެކު އެތަކެތި ތަޖުރިބާކޮށް ބަލައި ހެދުމަކީ އީދުގެ އުފަލުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ހުނަރުން ފުރިގެންވާ ތަފާތު އުފެއްދުންތައް ބަލައިގަތުމާއި ތަފާތު ޒީނަތްތެރި ފޭރާންތައް ގަނެ ސައުދީގެ މުއްސަނދި ސަގާފަތް ތަޖުރިބާ ކުރުމުގެ ފުރުސަތަކީވެސް މިއީދުގައި އޮންނަ ބޮޑު އުފަލެކެވެ. މިކަމަކީ ސައުދީގެ އާންމުންގެ ވިޔަފާރިތަކަށް އުފާވެރިކަން ގެނުވާ އަދި އީދުގެ ހަދިޔާތައް ހޯދައި ވެދުންކުރުމަށް އޮންނަ އުފާވެރިކަން ގެނުވާ މާހައުލެއްވެސްމެ އެވެ.
އީދުގެ އާއިލީ އެއްވުންތަކާއި ހަވާއެރުވުމާއި ކުޅިވަރުތައް
ސައުދީގައި ދެން އޮންނަ އެންމެ ބޮޑު ހަރަކާތަކީ އާއިލާތަކުގެ މީހުން އެއްވެ ސަގާފީ ކުޅިވަރުތައް ބޭއްވުމާއި ތަމްސީލްތައް ކުޅުމާއި ހަވާގެ ތަފާތު ވައްތަރުތައް އެރުވުމެވެ.
މިކަމުގެ ތެރޭގައި މީރު ކެއުންތަކާއި ބުއިންތައް ތައްޔާރު ކުރުމަކީވެސް މި އުފަލުގެ ތެރޭގައި ހިމެނޭ އީދުގެ އުފާ ފާހަގަކުރުމަށް ސައުދީގައި ބާއްވާ ހަރަކާތްތަކެކެވެ.