މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ

ހުލުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވީ ބ. ތުޅާދޫ، ބޯދި، އިސްމާއިލް އަބޫބަކުރު، 55 އ، އެއް ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މެއަށް ތަދެއް އަރައިގެން މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

އޭނާގެ ހާލަތު އިތުރަށް ގޯސްވެ އެމެޖެންސީއަށް ބަދަލުކޮށް ފަަރުވާދެމުން ދަނިކޮށް އޭނާ މަރުވީ މިއަދު މެންދުރުފަހު 3:25 ހާއިރު އެވެ.

ޑޮކްޓަރުންނާ ހަވާލާދީ ކަރެކްޝަނުން ބުނީ އޭނާ މަރުވީ ހިތްހުއްޓިގެން ކަމަށެވެ. އޭނާ އަކީ ބޮޑުބައްޔަކަށް ފަރުވާ ކުރަމުން ދިޔަ މީހެއް ނޫން ކަމަށްވެސް ކަރެކްޝަނުން ބުނެ އެވެ.

ކަރެކްޝަނުން އިތުރަށް ބުނީ އިސްމާއިލް އަބޫބަކުރަކީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖަކު ހަށިގަޑުގައި އަތްލުމުގެ ކުށުގައި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއް ކަމަށެވެ.