މޯލްޑިވްސް ޕޮލިސް ސާވިސް

ޣަނީގެ ހަށިގަނޑު މާލެ ގެނެސް ވަޅުލައިފި

މާފުށި ޖަލުގައި މިމަހު 24 ވަނަ ދުވަހު ދަންޖެހިގެން މަރުވި ގ. އެއްތެޔޮމާގޭ އަބުލްޣަނީ އިސްމާއީލްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު ވަޅުލައިފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަބްދުލްޣަނީގެ ހަށިގަނޑު އިއްޔެގެ ވަގުތެއްގައި ރާއްޖެ ގެނެސް ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ.

ޕޯސްޓްމޯޓަމް ހެދި ނަމަވެސް އަދި ނަތީޖާ ލިބިފައި ނުވާ ކަމަށްވެސް އޮފިޝަލް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތު ދިން ގޮތުގައި އަބްދުލް ޣަނީ އަކީ މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އޭނާ ދަނަޖެހިފައި ހުއްޓާ ފެނުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 6:52 ހާއިރު އެވެ. ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، އަދި ޑޮކްޓަރު ވަނީ 7:21 ގައި އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައި ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

ޣަނީ އަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ.

ޣަނީ މަރުވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އެ މައުލޫމާތު އަންގާފައި ކަމަށްވެސް އެ އިދާރާ އިން ބުނެ އެވެ.