މޯލްޑިވްސް ޕޮލިސް ސާވިސް

ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

0%
0%
0%

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ސައުތު ޕޮލިސް (ގއ، ގދ، ޏ، އަދި އައްޑޫ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ޖިންސީ ގޯނާ ކުރީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކާއި އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި މައްސަލައަކީ ކުޑަކުއްޖަކާ ގުޅޭ ސީރިއަސް މައްސަލައަކަށްވާތީ ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަކޮށްފައިނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345