ޖިންސީ ގޯނާ

ދަރިފުޅާއި އިތުރު ކުއްޖަކާ ބެހުނު މައްސަލައެއް ފެންމަތިވެއްޖެ

Nov 7, 2024
ރޭޕް ކުރުމާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއް -- ފޮޓޯ: އަވަސް
50%
0%
50%

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަމިއްލަ އަންހެން ދަރިފުޅާއި އިތުރު އަންހެން ކުއްޖަކާ ބެހުނު ފިރިހެނެއްގެ މައްސަލަ ފެންމަތިވެއްޖެ އެވެ.

މިމައްސަލައަކީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ތުހުމަތުކުރެވޭ މީހާގެ މައުލޫމާތާއި މިކަންތައް ހިނގި ރަށް ހާމަކުރެވެން ނެތީ އެވެ.

ހާދިސާ ހިނގި ރަށުގެ ކައުންސިލުން ބުނީ މިފަދަ މައްސަލައެއް ފުލުހުންނާއި ޖެންޑަ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ބާވަތުން ކައުންސިލުން މިމައްސަލައިގައި ވާހަކަދައްކަން ބޭނުމެއް ނުވި އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވީ ފިރިހެން މީހާގެ ދަރިފުޅާއި، ޖިންސީ އަނިޔާ ލިބުނު އަނެއް ކުއްޖާގެ އަމަލުތައް ހުރި ގޮތުން އެރަށު އަންހެނަކަށް ޝައްކުވެގެން އެ ކުދިންނާ ސުވާލުކުރުމުން އެ ކުދިން އެ ވާހަކަތައް ކިޔައިދިނުމުން އެ އަންހެން މީހާ އަށެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އަންހެން މީހާ ކަމަށް އެނގިފައިވެ އެވެ.

ޖިންސީ ގޯނާ ލިބުނު ކުދިންނަކީ ގުރޭޑް ދޭއްގައި ކިޔަވަމުން ދިޔަ ކުދިން ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ. މި ކުދިންނަށް ޖިންސީ ގޯނާ ކުރި މީހާ ކުރަމުން ދިޔަ ކަންކަމަކީ ލޯބިން ކުރި ކަންކަން ކަމަށް ކުދިންނަށް ވިސްނައިދީފައިވާ ކަމަށްވެސްވެ އެވެ.

ތުހުމަތު ކުރެވޭ ފިރިހެން މީހާ އަކީ މީގެ 13 ވަރަކަށް އަހަރު ކުރިންވެސް ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ ނުކޮށް ދޫކޮށްލި މީހެއް ކަމަށްވެސް އެނގިފައިވެ އެވެ.

މިމައްސަލައިގައި ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345