ރިޔާސީ އިންތިހާބު 2023

ރިޔާސީ އިންތިހާބުގެ ފޯރިގަދަ ކެމްޕޭން ނިންމާލައިފި

ރި ޔާސީ އިންތިހާބުގެ ފޯރިގަދަ ކެމްޕޭން ނިންމާލައިފި އެވެ.

މިއީ ދިވެހިން މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ބާއްވާ ހަތަރުވަނަ ރިޔާސީ އިންތިހާބެވެ.

މިއަހަރުގެ ކެމްޕޭންގައި އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ސިޔާސީ ޕާޓީތަކުން ފަސް ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ތިން ކެންޑިޑޭޓުންނެވެ.

ކެންޑިޑޭޓުންގެ ނަންބަރު

  • ކެންޑިޑޭޓު ނަންބަރު 1 - އުމަރު ނަސީރު
  • ކެންޑިޑޭޓު ނަންބަރު 2 - ހަސަން ޒަމީލް
  • ކެންޑިޑޭޓު ނަންބަރު 3 - އިބްރާހިމް މުހައްމަދު ސޯލިހު
  • ކެންޑިޑޭޓު ނަންބަރު 4 - ޑރ. މުހައްމަދު މުއިއްޒު
  • ކެންޑިޑޭޓު ނަންބަރު 5 - ގާސިމް އިބްރާހިމް
  • ކެންޑިޑޭޓު ނަންބަރު 6 - އަހުމަދު ފާރިސް މައުމޫނު
  • ކެންޑިޑޭޓު ނަންބަރު 7 - އިލްޔާސް ލަބީބު
  • ކެންޑިޑޭޓު ނަންބަރު 8 - މުހައްމަދު ނާޒިމް
  • މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭ

ކެމްޕޭން ނިންމާލުމުގެ ހަރަކާތްތައް އެމްޑީޕީން ބޭއްވީ މާލޭގެ އުސްފަސްގަނޑު ގައެވެ. ޕީޕީއެމް ޕީއެންސީގެ ކެމްޕޭން ހަރަކާތްތައް ނިންމާލީ މާލޭގެ އާޓިފިޝަލް ބީޗު ގައެވެ. ޖުމްހޫރީ ޕާޓީގެ ކެމްޕޭން ހަރަކާތްތައް ނިންމާލީ އެ ޕާޓީގެ މައި އޮފީސް މ. ކުނޫޒު ގައެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ކެމްޕޭން ހަރަކާތް ނިންމާލީ ހުޅުމާލޭ ގައެވެ. ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ހަރަކާތްތައް ނިންމާލީ މާލޭގެ ރަސްފަންނު ގައެވެ.

އަމިއްލަ ކެންޑިޑޭޓުންވެސް މާލޭގެ މަގުތަކުގައި އެކި ކަހަލަ ރެލީތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.