ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ގިނަ ވޯޓު ލިބި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި 574 ވޯޓު ފޮށި ބަހައްޓާފައިވާއިރު 428 ވޯޓު ފޮށިން 71،512 ވޯޓު -- 45.44 ޕަސަންޓާއެކު ކުރީގައި އުޅުއްވަނީ މުއިއްޒެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިހާތަނަށް 63،161 ވޯޓު -- 40.13 ޕަސަންޓް ލިބިވަޑައިގެންފައިވެ އެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް 10،642 ވޯޓު -- 6.76 ޕަސަންޓް ލިބިވަޑައިގެންނެވިއިރު އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށް 4،376 ވޯޓު -- 2.78 ޕަސަންޓް ލިބިވަޑައިގެންނެވި އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމަށް 4،167 ވޯޓު -- 2.65 ޕަސަންޓް ލިބިވަޑައިގެންނެވިއިރު އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫނަށް 1،936 ވޯޓު -- 1.28 ޕަސަންޓް ލިބިވަޑައިގެންނެވި އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 1،352 ވޯޓު -- 0.88 ޕަސަންޓް ލިބިވަޑައިގެންނެވިއިރު އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހަސަން ޒަމީލަށް 240 ވޯޓު -- 0.15 ޕަސަންޓް ލިބިވަޑައިގެންނެވި އެވެ.
ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު މިހާތަނަށް ވަނީ 160،853 މީހުންގެ ވޯޓު ގުނާފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.