ރައީސް އޮފީސް

ނައުޝާދު ވަހީދު މަގާމުން ވަކިކުރައްވައިފި

އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސަފީރުގެ ނައިބުގެ މަގާމުން ނައުޝާދު ވަހީދު ހަސަން މަނިކު މިއަދު ވަކިކުރައްވައިފި އެވެ.

ނައުޝާދު މަގާމުން ވަކިކުރެއްވިކަން ރައީސް އޮފީހުން ޔަގީންކޮށްދިން ނަމަވެސް ވަކިކުރެއްވި ސަބަބެއްް ނުބުނެ އެވެ.

ނައުޝާދު މަގާމުން ވަކިކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތައުރީފު ކުރައްވާ އަދި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލަށް ފާޑު ވިދާޅުވެ ޓްވީޓެއް ކުރެއްވި ފަހުންނެވެ.

ނައުޝާދަކީ ރައީސް ނަޝީދުގެ ޒަމާންވީ ގާތް ރަހުމަތްތެރިއެކެވެ. އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކޮއްކޮ އެވެ.