ޗާގޯސް އާކިޕެލާގޯ

މޮރިޝަސްއަށް ޗާގޯސް ދޭތީ އިނގިރޭސީންނަށް ފޮނުވި ސިޓީ ސިއްރުކޮށްފި

0%
0%
0%

ރާއްޖެއާއި މޮރިޝަސްއާ ދެމެދު މިލްކުވެރިކަމާ މެދު ހިޔާލުތަފާތުވެފައި އޮތް ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން ނިންމުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ސަރުކާރަށް ފޮނުއްވި ސިޓީފުޅު ހާމަނުކުރަން ސަރުކާރުން ނިންމައިފި އެވެ.

ޖުމްހޫރީ ދުވަހާ ގުޅުވައިގެން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އިނގިރޭސި ސަރުކާރަށް ފޮނުވި ސިޓީގައި ޗާގޯސްގެ ރަށްތައް ލިބުން އައުލާކަން ބޮޑީ ރާއްޖެއަށް ކަމަށް އިނގިރޭސި ސަރުކާރަށް ދަންނަވާފައިވާނެ ކަމަށެވެ.

"އެތަނަކީ އަޅުގަނޑުމެން ރަސްރަސްކަލުންގެ ފެންނާން ހުރި ލިޔެކިޔުމާ އެކުގައި އެހެން ގައުމަކަށް ވުރެ ދިވެހިރާއްޖެއަށް މާއައުލާކަން ބޮޑު،" ރައީސް ވިދާޅުވި އެވެ.

އެ ސިޓީ ހާމަކުރެވެން ނެތް ކަމަށް ރައީސް އޮފީހުން ބުނީ އެ ސިޓީގެ ކޮޕީއެއް ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ބައެއް ނޫސްތަކުން ހުށަހެޅުމުންނެވެ.

ގާނޫނުގައި ޖަވާބު ދޭންޖެހޭ ކަމަށް ބުނާ 14 ދުވަހުގެ މުއްދަތު އިތުރުކުރުމަށްފަހު ރައީސް އޮފީހުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 31 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށް ބުނެފަ އެވެ.

މޮރިޝަސް އާއި ރާއްޖެއާ ދެމެދު ޗާގޮސްއާ ދިމާލުން ކަނޑުގެ ސަރަހައްދު ބަހާނެ ގޮތަކާ މެދު ހިޔާލުތަފާތުވެފައިވާތީ ދެ ގައުމުގެ އިން ވަކިކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށްވެސް މޮރިޝަސް އިން މައްސަލައެއް ހުށަހެޅި އެވެ.

މިމައްސަލައިގައި އިޓްލޮސް އިން މިދިޔަ އަހަރު ނިންމި ނިންމުމުގައި ވަނީ ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ބަހާނެ ގޮތްތަކެއް ކަނޑައަޅާފަ އެވެ. ރާއްޖެއާއި މޮރިޝަސް ހިޔާލުތަފާތުވެފައިވަނީ ކޮންމެ ގައުމަކުންވެސް އެ ގައުމުގެ ސަރަހައްދީ އިމުގެ ގޮތުގައި 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދު ބަހާނެ ގޮތަކާ މެދު އެވެ. ހިޔާލުތަފާތުވެފައި އޮތް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދު އިޓްލޮސް އިން ބަހާލީ ރާއްޖެއަށް 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678