ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި ބައެއް މެންބަރުން ހަމަލާދީފި

Feb 24, 2016

މަޖިލީހުގެ ޖަލްސާ ހޫނުވެ ނިޒާމް ގެއްލި މެދުކަނޑައިލާފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދަށް ހަމަލާދީ އިތުރު ބައެއް މެންބަރުން ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގައިފި އެވެ.

މަހުލޫފާއި އައްސަދާއި ދެމެދުގައި ޒުވާބު ހިނގައި މަހުލޫފް، އައްސަދަށް ހަމަލާ ދީފައި ވަނީ މަޖިލީހުގެ ސައި ކޮޓަރީގެ ތެރޭގަ އެވެ. މަހުލޫފު އައްސަދަށް ހަމާ ދެއްވި އިރު ދުވާފަރު މެންބަރު މަހުލޫފަށް ހަމަލާ ދިން ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ. އަދި ދުވާފަރު ދާއިރާގެ މެންބަރު މެންބަރު ފަލާހަށް ހަމަލާ ދިން ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ބައެއް މެންބަރުން ވަނީ ޒުވާބުކޮށް ހުތުރު ބަހުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ މުހާތަބުކޮށްފަ އެވެ.

މިއަދުގެ ޖަލްސާގައި މެދު ކަނޑާލާފައި ވަނީ ދެ ޑެޕިއުޓީ ޕްރޮސިކިއުޓަރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ބެހޭ ގޮތުން މަޖިލީހުގެ ތަޅުމުގައި އޮތް ބަހުސްގެ މަރުހަލާގައި މެންބަރ ނިހާން ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ އާދަމްގެ އާއިލާއަށް ނިސްބަތްވާ ގޮތަށް ވަނަމެއް ވިދާޅުވުމުން ރޮޒައިނާ ވަނީ ނިޒާމީ ނުގުތާ ނެންގެވުމަށް ފަހު ނިހާންގެ ކުރިމައްޗަށް ވަޑައިގެން އެ ވާހަކަތަކަށް ހުރަސްއަޅުއްވަން މަސައްކަތް ކުރެއްވުމުން އަނަގަޔަށް ފެން އެޅުއްވުމަށް ފަހު، ނިހާން ރޮޒައިނާގެ މޫނަށް ބުރުވާލުމުން މޭޒު މަތީގައި ހުރި ފެން ތަށި ނަގައި ނިހާންގެ ގަޔަށް ރޮޒައިނާ ޖަހައި އުފެދުނު ޒުވާބުގެ ތެރެއިންނެވެ.