ދިރާގު

ދިރާގު ކަސްޓަމަރުންނަށް މިހާރު 100ޖީބީ ބޭނުން ގޮތަކަށް ބޭނުން ކަމަކަށް ނެގޭނެ

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު 100ޖީބީ ޑޭޓާ ޕެކްތަކާއެކު ފަސޭހަކަމާއެކު ސްޓްރީމްކޮށް، ޑައުންލޯޑްކޮށް އަދި ގޭމް ކުޅެލެވޭނެ އެވެ.

މި 100 ޖީބީގެ ޑޭޓާ ޕެކްތަކާއެކު ދިރާގު ކަސްޓަމަރުންނަށް އެމީހުންގެ އިންޓަނެޓް ބޭނުންތަކަށް ބަލައި، ތަފާތު ޑޭޓާ އެލަވަންސްތަކާއި ފްލެކްސިބަލް ވެލިޑިޓީތަކަށް ބަލައި ޕެކޭޖް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޑޭޓާ ޕެކްތަކަކީ:

  • 100ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް
  • 100ޖީބީ 5 ދުވަހުގެ މުއްދަތަށް 149 ރުފިޔާއަށް
  • 100ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
  • 100ޖީބީ 15 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
  • 100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
  • 100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް

މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލެވެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.