ކްވޭތު

ކުވޭތުގެ އަމީރުގެ މައްޗަށް ރާއްޖޭގައި ކަށުނަމާދު ކުރަނީ

ކުވޭތުގެ އަމީރު އައްޝައިހް ނަވާފް އަލްއަހްމަދު އަލްޖަބީރު އައްސަބާހް އަވާހަރާވުމާ ގުޅިގެން އެމަނިިކުފާނުގެ މައްޗަށް ރާއްޖޭގައި ކަށުނަމާދު ކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަމީރުގެ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ. ކަށުނަމާދުގައި ވިހާވެސް ގިނަ ބަޔަކު ބައިވެރިވުމަށްވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ކުވޭތުގެ އަމީރު އިއްޔެގެ ވަގުތެއްގައި އަވަހާރަވީ އުމުރުން 86 އަހަރު ގައެވެ.

ކުވޭތުގެ އަމީރު އަވަހާރަވުމާ ގުޅިގެން މިއަދުން ފެށިގެން ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފަ އެވެ.