އޮބިޗުއަރީ

ސިޔާމްގެ ބައްޕާ އަވަހާރަވެއްޖެ

Jan 3, 2024

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުގެ ބައްޕާ މުހައްމަދު ގާސިމް އަވަހާރަވެއްޖެ އެވެ.

ނ. ކުޑަފަރީ، ކާމިނީގޭ މުހައްމަދު ގާސިމް (81 އ) އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި މިއަދުގެ ފަތިހުގެ ވަގުތެއްގަ އެވެ.

ގާސިމް ވަނީ ކުޑަފަރީގެ ކަތީބުކަމާއި ރަށު ސްކޫލުގެ ނާޒިރުކަންވެސް ކުރައްވާފަ އެވެ.

އެނގިފައިވާ ގޮތުން ގާސިމް އޭޑިކޭ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މީގެ ދެ ދުވަސް ކުރިންނެވެ.

ގާސިމްގެ ނުވަ ބޭފުޅުން ތިއްބަވާއިރު ގާސިމްގެ އެންމެ ދޮށީ ބޭފުޅަކީ އަހުމަދު ސިޔާމް މުހައްމަދެވެ.