އޮބިޗުއަރީ

ހޯރަ އިއްބެ ނިޔާވެއްޖެ

ރާއްޖޭގެ އިސްލާހީ ހަރަކާތްތަކުގައި މުހިއްމު ދައުރެއް އަދާކުރައްވާ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) ނިޔާވެއްޖެ އެވެ.

އެމްޑީޕީގެ ކުރީގެ އިސް އެކްޓިވިސްޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަސެކެޓްރީކަން ކުރެއްވި އިއްބެ މިއަދު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ.

އިސްލާހީ ހަރަކާތްތަކުގައި އެމްޑީޕީން ބޭއްވި ޖަލްސާތައް ހުށަހަޅައިދިނުމުގައި އިއްބެ ވަނީ ގިނަ އަހަރުތަކަކު މަސައްކަތް ކުރައްވާފަ އެވެ.

ކުޅަދާނަ ވާހަކަދެއްކުންތެރިޔާ އިއްބެ ސިޔާސީ ހަރަކާތްތަކުން ދުރަށް ޖެހުނީ ކުށެއް ސާބިތުވެ ޖަލަށް ދާންޖެހުނު ހިސާބުންނެވެ.

އިއްބެ ޖަލުގައި ހުއްޓާ މައާފްދީ އޭނާ މިނިވަންކުރީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެެވެ.