ބާ ކައުންސިލް

ބާ ކައުންސިލްގެ ރައީސް ވިޝާމް އަވަހާރަވެއްޖެ

ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް އަވަހާރަވެއްޖެ އެވެ.

އުމުރުން 39 އަހަރުގައި ވިޝާމް މިރޭ އަވަހާރަވީ ކުއްލި ގޮތަކަށް ކަމަށްވެ އެވެ.

ކުރިން އެސިސްޓެންޓް އެޓާނީ ޖެނަރަލްގެ މަގާމުވެސް ފުރުއްވާފައިވާ ވިޝާމް މަރުވެގެން ވެއްޓިފައި އޮތީ ދިރިއުޅުއްވާ ގޭތެރޭގައި ކަމަށް އެނގިފައިވެ އެވެ.

ވިޝާމް އަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސް އެވެ.

ގާނޫނީ ވަކީލުންގެ ވޯޓޫން ހޮވާ މި މަގާމަށް ވިޝާމް އިންތިހާބު ކުރީ ޖޫން 11، 2022 ގައެވެ.

ރާއްޖޭގެ އެންމެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނޭ ވިޝާމް އަކީ ބޮޑެތި މައްސަލަތަކުގައިވެސް ވަކާލާތު ކުރައްވާފައިވާ ވަކީލެކެވެ.