އޮބިޗުއަރީ

އޯކޭ ޒާހިރު ނިޔާވެއްޖެ

ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވެއްޖެ އެވެ.

ޒާހިރު ނިޔާވީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރު އެވެ.

އޭނާއަކީ އެމްޑީޕީގެ އިސް ފައުންޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މީގެ އިތުރުން އެމްޑީޕީގެ ފޮނަދޫ ދާއިރާގެ ރައީސްކަންވެސް އޭނާ ކުރެއްވި އެވެ.

ޒާހިރު ވަނީ ތަފާތު ވިޔަފާރިތައްވެސް ކުރައްވާފަ އެވެ.