ވިޔަފާރި

މިދިޔަ އަހަރު ބިދޭސީން ރާއްޖޭން ބޭރަށް ފަސް ބިލިއަން ރުފިޔާ ފޮނުވި

Feb 28, 2016
  • ރެމިޓެންސް ފީގެ ގޮތުގައި މި އަހަރު 56 މިލިއަން ރުފިޔާ ލިބޭނެ
  • މުސާރައިގެ ގޮތުގައި 335 މިލިއަން ޑޮލަރު ފޮނުވި
  • ގިނަ އަދަދެއްގެ ބިދޭސީން ފިލައިގެން އުޅޭ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މިދިޔަ އަހަރު ރާއްޖޭން ބޭރަށް ފަސް ބިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މިދިޔަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން ބިދޭސީން މުސާރައިގެ ގޮތުގައި މިދިޔަ އަހަރު 335 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ) ފޮނުވާފައިވެ އެވެ.

ސަރުކާރުން ވަނީ ބިދޭސީން ރާއްޖޭން ބޭރަށް ފޮނުވާ ފައިސާ އިން ރެމިޓެންސް ފީއެއް ނަގަން ނިންމާފަ އެވެ. ރެމިޓެންސް ފީގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓު ފޮތުގައިވެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ބޭއްވި ބޯހިމެނުން ދައްކާ ގޮތުން ރާއްޖޭގައި ފިލައިގެން އުޅޭ ބިދޭސީން ނުހިމަނައި ގާތްގަނޑަކަށް 130،000 ގިނަ ބިދޭސީން ރާއްޖޭގައި އުޅެމުންދެ އެވެ.