ޑރ. މުހައްމަދު މުއިއްޒު

ބާރަށުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއު ކުރިއަށް ގެންދާނަން: ރައީސް

އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިގެން ބާރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިކޯ ޓޫރިޒަމްގެ މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. ބާރަށު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ މަޝްރޫއު އެމަނިކުފާނު ވައުދުވީ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"މިމަޝްރޫއު ކުރިއަށްދާއިރު ރިންގު ރޯޑެއްވެސް ތަރައްގީ ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބާރަށު ޖެޓީގެ މަސައްކަތްވެސް ވަޢުދުވީ ގޮތަށް ކޮށްދެއްވާނެ ކަމަށާއި ޖެޓީ ހަދާއިރު މަސްވެރިކަމަށް ހާއްސަ ޖެޓީއެއް ހަދައިދޭނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ރައީސް ވަނީ ބައެއް މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވައުދުވެފައިވާ ހުރިހާ ކަމެއްގެ އިތުރުން، ރައްޔިތުންނަށް އެންމެ މުހިންމު ކަމަށް ފާހަގަކުރާ ކަންކަން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.