ރައްޔިތުންގެ މަޖިލިސް

ލުވައިޒް އާއި ސަލްމާގެ ނަން ސަފީރުކަމަށް

ދެ ގައުމަކަށް ސަފީރުން އައްޔަންކުރުމަށް ނިންމަވާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފި އެވެ.

އެގޮތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކުގެ ދާއިމީ މަންދޫބެއްގެ ގޮތުގައި މ. ވިލާދަށުގެ ޑރ. ސަލްމާ ރަޝީދާއި، މއ. ދިލާސާގެ މުހައްމަދު ލުވައިޒް ސިންގަޕޫރުގައި ހުންނަވާ ސަފީރު ކަމަށް އައްޔަންކުރެއްވުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި މި ދެ ބޭފުޅުންނަށް ރުހުން ދިނުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

މި ދެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވާފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލުވައިޒް ވަނީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.