ތުރާކުނު

ވަނގާރަކީ ތުރާކުނު ބައެއްގެ ގޮތުގައި ކަނޑައަޅައިފި

ހއ. ވަނގާރަކީ އެ އަތޮޅު ތުރާކުނު ބައެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ވަނގާރަކީ ތުރާކުނުގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރަކުންނެވެ.

ރައީސް މުއިއްޒު މި ގޮތަށް ކަނޑައެޅުއްވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުންނެވެ.

ވަނގާރު އޮންނަނީ ތުރާކުރާ ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގަ އެވެ.

ރައީސްގެ ގަރާރަކުން އިއްޔެ ވަނީ އދ. މާފަރުފަޅަކީ އެ އަތޮޅު މަހިބަދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވާފަ އެވެ.

އއ. ވެލިދޫދިއްގާ ފަޅަކީ އެއަތޮޅު ބޮޑުފޮޅުދޫގެ ބައެއްގެ ކަމުގައި ރައީސްގެ ގަރާރަކުން މިދިޔަ ހޯމަ ދުވަހު ވަނީ ކަނޑައަޅުއްވާފަ އެވެ. މީގެ އިތުރުން ފަރުމުލި އަދި ކަނޑިންމާހުރާއަކީ ނ. މާފަރުގެ ބައެއް ކަމުގައި ރައީސް ވަނީ ކަނޑައަޅުއްވާފަ އެވެ.