ޓޫރިޒަމް

ކަނޑު އަޑީގެ އެންމެ ބޮޑު ރެސްޓޯރެންޓް ރާއްޖެ ގެނެސްފި

ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް ރާއްޖެ ގެނެސް ކަނޑަށް ފެއްތުމުގެ މަސައްކަތް ފަށައިފި އެވެ. މި ރެސްޓޯރެންޓަކީ ނިއުޒީލެންޑުގައި ތައްޔާރުކޮށްފައިވާ ރެސްޓޯރެންޓެކެވެ. ރެސްޓޯރެންޓް ރާއްޖެ ގެނައީ ދުބާއީގެ ޖީއޭސީ ކުންފުނިންނެވެ.

ދިގުމިނުގައި 22.5 މީޓަރު ހުންނަ މި ރެސްޓޯރަންޓް ރާއްޖެ ގެނެސްފައިވާއިރު، ނިއުޒިލެންޑްގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ރެސްޓޯރެންޓް ރާއްޖެ ގެނައުމަށް ކުރަން ޖެހުނު ދިރާސާތަކާއި ޑިޒައިން މަސައްކަތްތައް ކުރުމަށް އަހަރެއް ހޭދަވި އެވެ. ރެސްޓޯރެންޓްގެ މައިގަނޑު ކަނޑަށް ބޭލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރެންޓް ރާއްޖެ ގެނެސްފައިމިވަނީ އަންނަ އޯގަސްޓް މަހު ހުޅުވަން ތައްޔާރުވެފައިވާ ޅ. ހުރަވަޅި ރިސޯޓަށެވެ. މި ރިސޯޓަކީ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ހިއްސާ އޮންނަ ޗަމްޕާލާސް ކުންފުންޏާއި ދިވެހި ސަރުކާރު ގުޅިގެން ހަދަމުން އަންނަ ރިސޯޓެކެވެ.

މި ރިސޯޓްގެ ކަނޑުގައި ހަދާ މި ރެސްޓޯރެންޓްގެ އޮނިގަނޑުގައި 400 ޓަނު ހުންނައިރު، ރެސްޓޯރެންޓް ރާއްޖެ ގެންނައީ ގްލޯބަލް ޝިޕިން އެންޑް ލޮޖިސްޓިކްސްގެ "ފެއާ ލޭން" ކިޔާ ކާގޯ ބޯޓެއްގަ އެވެ.

މިއީ އެއްފަހަރާ 24 މީހުންނަށް ހިދުމަތް ދެވޭ ރެސްޓޯރެންޓެކެވެ. މި ރެސްޓޯރެންޓަށް ފައިބަން 13 މީޓަރުގެ ފުން ސިޑިއެއް ގާއިމުކޮށްފައިވެ އެވެ. ރެސްޓޯރެންޓްގައި ކެއުމަށް އިންސާފުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރު މި ރެސްޓޯރެންޓުން ފެންނާނެ އެވެ.

ދުނިޔޭގައި ގާއިމު ކުރި ކަނޑު އަޑީގެ ފުރަތަމަ ރެސްޓޯރެންޓް "އިތާ" ވެސް ހުންނަނީ ރާއްޖޭގަ އެވެ.