ތިމާވެށި

އެއް ދުވަހާ އެންމެ ގިނަ ގަސް އިންދީ އިއްޔެ

ތިމާވެށީގެ ދުވަހާ ގުޅުވައިގެން އިއްޔެ އެކަނި މުޅި ރާއްޖޭގައި 40،000 ގަސް އިންދައިފި އެވެ.

ސަރުކާރުން އިއްޔެ ވަނީ މިއަހަރުގެ ތިމާވެށި ދުވަހާ ގުޅުވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުވެސް ރަސްމީކޮށް ފަށާފަ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ބުނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން 40،000 ގަސް މަދުވެގެން އިންދާފައިވާ ކަމަށެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމު އިއްޔެ ހެނދުނު ފެށީ ލޮނުޒިޔާރަތް ޕާކްގައެވެ. ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާއި މާލެ ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވި މި ހަރަކާތުގައި އިއްޔެ އެކަނިވެސް 22 ބާވަތުގެ ގަސް އިންދާފައިވެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން 90 އަށް ވުރެ ގިނަ ބާވަތުގެ ގަސް އިންދާނެ އެވެ.