ތުލުސްދޫ

ފުރާގަނޑު: ތުލުސްދޫ ރައްޔިތުންގެ ހިތް

ތުލުސްދޫއާއި އިންވެގެން އޮންނަ ފުރާގަނޑު، ބްރިޖަކުން ތުލުސްދޫއާ ގުޅާލާފައި -- ފޮޓޯ: ފޮޓޯ: އަހްމަދު އަޒާން | އަވަސް

ކ. އަތޮޅުގައި ވެރިކަން ކުރާ ތުލުސްދޫއާ އިންވެގެން އެއް ފަޅެއްގެ ތެރޭގައި އޮންނަ ކުޑަކުޑަ ރަށެއް ކަމަށްވާ ފުރާގަނޑަކީ ތުލުސްދޫ ރައްޔިތުންގެ ހާއްސަ ލޯތްބެއް އޮންނަ ހިތްގައިމު ރަށެކެވެ. ތުލުސްދޫގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ވިޔަފާރީގައިވެސް ފުރާގަނޑަކީ ބޮޑު ހިއްސާއެއްވާ ރަށެކެވެ.

ފުރާގަނޑުގެ ރާޅުގަނޑުގައި ބަޔަކު ރާޅާ އަޅަނީ -- ފޮޓޯ: ފޮޓޯ: އަހްމަދު އަޒާން | އަވަސް

ތުލުސްދޫ ރައްޔިތުން އާންމުކޮށް ދަތުރު ދިއުމަށް ބޭނުންކުރާ ފުރާގަނޑަކީ އެރަށު ކައުންސިލުންވެސް އިސްކަންދީގެން ބަލަހައްޓާ ރަށެކެވެ. ތުލުސްދޫއާއި އެއްފަޅެއްގެ ތެރޭގައި ފުރާގަނޑު އޮންނާތީ ތުލުސްދޫ އިން އެރަށަށް ނުތެމެ ދެވޭނެ ގޮތް ހެދުމަށްޓަކައި މިހާރު ވަނީ ބްރިޖަކުން މި ދެ ރަށް ގުޅާލާފަ އެވެ.

ގާމަތި ރަށެއް ކަމަށްވާ ފުރާގަނޑަށް ފަތުރުވެރިން އަދި ބައެއް ދިވެހިންވެސް އެންމެ އާންމުކޮށް ދާ އެއް ބޭނުމަކީ އެރަށުގެ ކައިރީގައި އޮންނަ ހިތްގައިމު ރާޅުގަނޑުގައި ރާޅާ އެޅުމެވެ.

ތުލުސްދޫ ރައްޔިތުން އަދި ރާޅާ އަޅާ މީހުންގެ މެދުގައި މަގުބޫލު "ކޯކްސް ސާފް" ސާފަން ޕޮއިންޓަކީ ރާއްޖޭގެ ނިސްބަތުންވެސް މަޝްހޫރު ސަރަހައްދެކެވެ.

ތުލސްދޫއާއި އިންވެގެން އޮންނަ ފުރާގަނޑު -- ފޮޓޯ: އަހްމަދު އަޒާން | އަވަސް

ތުލުސްދޫގެ އިރުމަތިން ފުށްޓަރާ ދިމާލުން އޮންނަ ފުރާގަނޑަކީ ގިނަ އަދަދެއްގެ ކުރެދި ގަސް ހުންނަ ތިމާވެށީގެ ގޮތުންވެސް ހިތްގައިމު ރަށެކެވެ.

ތުލުސްދޫގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ މީހުން ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް އެ ވިޔަފާރީގައި ފުރާގަނޑު ބޭނުންކުރެ އެވެ. އެހެންވެ ލޯކަލް ޓޫރިޒަމުން ތުލުސްދޫއަށް ލިބޭ އާމްދަނީގެ ބައެއް ރަށުގެ ރައްޔިތުންނަށް ލިބޭތީވެ ފުރާގަނޑަކީވެސް ތުލުސްދޫއަށް މިއަދު ރަންބިސް އަޅާ ކުކުޅެކެވެ. އެއީ ތުލުސްދޫގެ އިގްތިސާދާ ގުޅިފައިވާ ތުލުސްދޫ ރައްޔިތުންގެ ހިތެވެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910