އީދު ފާހަގަ ކުރުން

ބިދޭސީން އީދުގެ އުފަލުގައި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް މިއަދު އީދުގެ އުފާ ފާހަގަކުރަނީ -- ފޮޓޯ: އަވަސް

ރާއްޖޭގެ އާބާދީގައި ބިދޭސީންގެ ނިސްބަތަކީ މިއަދު ވަރަށް މަތީ އަދަދެކެވެ. ބިދޭސީންގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ މުސްލިމު ބިދޭސީން ވެސް ހިމެނެ އެވެ. ބިދޭސީންނަކީ ރާއްޖޭގެ އުމްރާނީ، އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގެ މަޝްރޫއުތަކުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެކެވެ. އެކަމަކު ބިދޭސީންނަށް، އެމީހުން ކުރާ ބުރަ މަސައްކަތަށްފަހު އާންމުކޮށް ޗުއްޓީ ހޭދަކޮށްލުމަށް ލިބޭ ހަމައެކަނި ދުވަހަކީ ހުކުރު ދުވަހެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް މިއަދު އީދުގެ އުފާ ފާހަގަކުރަނީ -- ފޮޓޯ: އަވަސް

ނަމަވެސް މިއަދު ފެށުނު އަޟްހާ އީދުގެ އުފަލުގައި މުސްލިމު ގިނަ ބިދޭސީންނަށް ޗުއްޓީ ލިބިފައިވާތީ އެ މީހުންވެސް ގެންދަނީ ވެރިރަށް މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކުގައި އީދުގެ އުފާ ފާހަގަކުރަމުންނެވެ.

އީދަކީ މުޅި އިސްލާމީ އުންމަތަށް އަންނަ އުފާވެރި ދުވަސް ތަކަކަށްވާއިރު މުސްލިމަކަށް ވީތީ އަހަރެމެންނާ އެކު އުޅޭ ބިދޭސީންވެސް އީދުގެ އުފަލުގައި ބައިވެރިކުރުމަކީ އުފަލެއް ކަމުގައި ކޮންމެ މީހަކުވެސް ދެކެން ޖެހެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް މިއަދު އީދުގެ އުފާ ފާހަގަކުރަނީ -- ފޮޓޯ: އަވަސް

ބިދޭސީ މުސްލިމު މަސައްކަތްތެރިން މާލެ ސަރަަހައްދުގައި އީދުގެ އުފާ އެންމެ ބޮޑަށް ފާހަގަކުރަނީ މާލޭގެ ޖުމްހޫރީ މައިދާނާއި، ރަސްފަންނު އަދި އާޓިފިޝަލް ބީޗުގައެވެ. ބިދޭސީންގެ އުފާފާޅުކުުރުމުގެ ތެރެއިން ވެސް ފެންނަނީ މުސްލިމުންގެ މެދުގައި އޮންނަ އަހްވަންތަ ކަމާއި ބަދަހި ގުޅުމެވެ. ވަކި ނަސްލަކަށް ވީތީ އެއްވެސް މުސްލިމަކު އެއްވެސް އިންސާނަކު ބާކީ ނުކުރާނެ ކަމުގެ ޔަގީންކަމެވެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910