މަސް މާރުކޭޓް

އިގްތިސާދީ މިނިވަންކަން އޮތް ހަމައެކަނި ގޮޅި

މާލޭގެ މަސް މާރުކޭޓުގައި ހުރި މަސް އަށިތަކުގައި ބަޔަކު މަސް ކަނޑަނީ. މި ނޫނީ ދިވެހިންގެ ސަތޭކަ ޕަސަންޓް ބާރުވެރިކަން އޮތް ތަންކޮޅެއް ނެތް -- ފޮޓޯ: އަވަސް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ދިވެހިން ކުރާ އިގްތިސާދީ ހުރިހާ މަސައްކަތަކަށް މިހާރު ވަނީ ވަދެގެންފަ އެވެ. އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން އެންމެ ބޮޑެތި އިގްތިސާދީ މަސައްކަތްތަކަށް ބެލި ނަމަވެސް ބިދޭސީން ރާއްޖޭގައި ނުކުރާ މަސައްކަތެއް ފެންނާކަށް ނެތެވެ. ދިވެހިން ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެ އާދައިގެން މަސައްކަތްތަކަށްވެސް ބިދޭސީން ވަދެ އެ މަސައްކަތްތަކާއި ވިޔަފާރިތަކުގެ ބާރުވެރިކަން ވަނީ ނަގާފަ އެވ.

މާލޭގެ މަސް މާރުކޭޓުގައި ހުރި މަސް އަށްޓެއްގައި މީހަކު މަސް ކަނޑާފައި ކޮތަޅަކަށް ލަނީ. މި ނޫނީ ދިވެހިންގެ ސަތޭކަ ޕަސަންޓް ބާރުވެރިކަން އޮތް ތަންކޮޅެއް ނެތް -- ފޮޓޯ: އަވަސް

ވެރިރަށް މާލެއަށް ބަލާއިރުވެސް ބިދޭސީންގެ ބާރުވެރިކަމެއް ނެތް އަދި ބިދޭސީން އެ މަސައްކަތެއްގައި ޝާމިލު ނުވާ މަސައްކަތެއް ފެނުމަކީ ދުރު ކަމެކެވެ. ނަމަވެސް މާލޭގެ މަސް މާރުކޭޓުގައި ހުންނަ ކުޑަ ގޮޅިއެއްގައި ބަޔަކު ދިރިއުޅުމަށް ކުރާ މަސައްކަތުގެ ތެރެއަށް އަދި ބިދޭސީން ވަދެފައިވާ މަންޒަރެއް ނުފެނެ އެވެ.

އިޝާރާތް މިކުރަނީ މަސް މާރުކޭޓުގައި މަސް ކަނޑަށް ބަހައްޓާފައި ހުންނަ އަށިތަކަށެވެ. އަދި އެތަނުގައި މަސައްކަތް ކުރަން ތިބޭ މީހުންނަށެވެ. އެ ތަނުގައި 10 ވަރަކަށް އަށި ހުރިއިރު މަސް ކެނޑުމުގައި މުޅިންހެން ފެންނަނީ ދިވެހިންނެވެ. އެ މީހުން ދުވަހު މަސައްކަތުގެ ގޮތުގައި ކުރާ މިމަސައްކަތުން އެކަށީގެންވާ އާމްދަނީއެއްވެސް ލިބޭ ކަމަށް އެތަނުން ބައެއް މީހުންނާ ވާހަކަ ދައްކާލުމުން އެނގުނެވެ.

މާލޭގެ މަސް މާރުކޭޓުގައި ހުރި މަސް އަށްޓެއްގައި މީހަކު މަސް ކަނޑަނީ. މި ނޫނީ ދިވެހިންގެ ސަތޭކަ ޕަސަންޓް ބާރުވެރިކަން އޮތް ތަންކޮޅެއް ނެތް -- ފޮޓޯ: އަވަސް

ބިދޭސީން ދިވެހި އިގްތިސާދުގެ ތެރެެއަށް ވަދެ ދިވެހިން ކުރާ ހުރިހާ މަސައްކަތެއްގެ އަގު ވައްޓާލާފައިވާއިރު ބިދޭސީއެއްގެ ބައިވެރިވުމެއް ނެތް ކިތަންމެ ކުޑަ ތަންކޮޅެއް ނަމަވެސް ފެނުމަކީ މިއަދު ހާލަތު އޮތް ގޮތުން ލިބޭ ހިތްހަމަޖެހުމެކެވެ. ދިވެހި އިގްތިސާދުގެ ބާރުވެރިކަން ދިވެހިންގެ އަތުން ގާތްގަނޑަކަށް ގެއްލިފައިވާއިރު މަސް މާރުކޭޓުގެ މަސް އަށިތަކުން އިގްތިސާދީ މިނިވަންކަން ހިފަހައްޓާފައި އޮތުމަކީ ކުޑަ ނަމަވެސް އުއްމީދެއް ފަހުރެއް ކަމަށް ބަލަމާތޯ އެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345