ކޯ ޑި ޖެހުމާއި ކޯޑި ކެނޑުމަކީ ދިވެހި ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ފޯރިގަދަ ކުޅުމެކެވެ. މިހާރުވެސް އީދުގައި ރަށްރަށުގައި އެންމެ މަޖާ ނަގާ އެއް ކުޅިވަރަކީ ކޯޑީގެ ކުޅިވަރެވެ.
އެކި ރަށްރަށުގައި ކޯޑި ހަދާފައި ހުންނަނީ އެކި ގޮތަށެވެ. ބައެއް މީހުން ކޯޑި ހަދައިފައި ހުންނަނީ ބޮލުގައި އަޅާ ކޯރިއެއް ގޮތަށެވެ، އޭގެ ވަށައިގެން ހުންނަނީ ބޮންތިފަން އެލުވާފަ އެވެ، އަނެއްބައި މީހުން ދަނޑިން އޭގެ މައިގަނޑެއް ހަދައި މޫނެއް ލައިފައި ވަށައިގެން އެކި އެއްޗެހި އެލުވައި ކޯޑީގެ މަންޒަރު ރީތިކޮށް ދައްކާގޮތަށް ހަދައިފައި ހުރެ އެވެ.
ކޯޑި ކުޅެމުންދާ ގޮތް
އެކި ގޮތްގޮތަށް ކޯޑި ހެދި ނަމަވެސް ގިނަ ރަށްރަށުގައި ކޯޑި ކުޅެނީ ވަރަށް އެއްގޮތް ގޮތަކަށެވެ. ކޯޑި ހެދުމަށްފަހު ގިނަ ރަށްތަކުގައި ކޯޑި ގެނެސް އާންމު ތަނެއްގައި ކޯޑި ޖަހަނީ ސަގާފީ ހަރަކާތެއްގެ ތެރެއިންނެވެ. ކޯޑި ގެންނައިރު އާންމު މަގުތަކުގައި ހިނގާފައި ނުވަތަ ނަށާފައި ގެނެސް ކޯޑި ޖެހުމަކީ ރަށްރަށުގައި އާންމު ފެންނަ ގޮތެވެ.
ކޯޑި ކުޅޭއިރު ފިރިހެނުން ކޯޑި ޖަހަނީ އަންހެނެއްގެ ބޮލުގައެވެ، އަންހެނުން ކޯޑި ޖަހަނީ ފިރިހެނުން ބޮލުގައެވެ. މިގޮތައް އެއްބަޔަކު ކޯޑި ޖެހުމުން އަނެއް ބަޔަކު އެވީ ކޯޑި ކަޑާށެވެ. ކޯޑި ޖެހި މީހުން އުޅޭނީ ކޯޑި ކެނޑިޔަ ނުދޭށެވެ. އަތުނުވަން ކޮޅުކޮޅުމައްޗަށް ދުވެ އަދި ގަދަހަދައި އުޅޭނެ އެވެ. އެކަމަކު ހަލުއިކޮށް ރުއްގަހަށް އަރާ މީހުން ކޯޑި ހިފައިގެން ރުކަކަށް އަރައި ރުކުގެ ކުރިޔަށް ނޫނީ ގަހުގެ ކުރިޔަށް ކޯޑިލަ އެވެ.
އޭގެފަހުން ކޯޑި ކަނޑަން ރުކަށް ނުވަތަ ގަހަށް އަރާތޯ ބަލަން އެމީހުން އެތާ ފާރައަށް ތިބެ އެވެ. އެއީ ރުކަށް ނުވަތަ ގަހަށް އެރިޔަ ނުދޭން ނުވަތަ ކޯޑި ކެނޑިޔަ ނުދޭށެވެ. ނަމަވެސް އެންމެ ފަހުން ސިއްރުސިއްރުން ރުކަށް ނުވަތަ ގަހަށް އަރައި ކޮންމެވެސް މީހަކު ކޯޑި ކަނޑާލަ އެވެ.
އަންހެނުންގެ ބޮލަށް ޖަހާ ކޯޑިވެސް ހުންނަނީ ވަރަށް ނަލަކޮށް ޒީނަންތެރި ކޮށްފަ އެވެ. މިގޮތަށް ޖަހާ ކޯޑިވެސް ކެނޑިޔަ ނުދޭން ދުވެދުވެ އޮއްވާ ގޮސް އަތުލައި ކޯޑި ކަނޑާލަ އެވެ. ކޯޑި ނުކެނޑިއްޖެ އެ ބަޔަކު އެ ބަލިވީ އެވެ. އަދި ކޯޑި ކެނޑުމަށްފަހު ފޮރުވުމުން އެ ކޯޑި ނުހޯދިއްޖެނަމަ ކޯޑި ކެނޑި ބަޔަކު އެ މޮޅުވީ އެވެ.
އިހު ޒަމާނުގައި ކޯޑިއަކީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އަދި ވަރަށް ބޮޑު ފޯރިއެއް އޮންނަ ކުޅިވަރެކެވެ. މަގުމަތީ ކުޅިވަރެއްގެ ގޮތުގައި ބުނެވޭ މި ކުޅިވަރަށް އިހުގައި އޮތް ފޯރިއެއް މިއަދަކު ނެތެވެ.