މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

މިނިސްޓަރު ސައީދު ރަސްމީ ދަތުރެއްގައި އެމެރިކާއަށް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރަސްމީ ދަތުރެއްގައި އެމެރިކާއަށް ފުރާވަޑާއިގެންފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ދަތުރުގެ ތެރެއިން ޓްރޭޑް ރެޕުންނާއި، އެމެރިކާގެ ޗެމްބާ އޮފް ކޮމާސްގެ މެމެބަރުންުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކާތަކުގެ ބޭފުޅުންނާވެސް ސައީދު ބައްދަލު ކުރައްވާނެ އެވެ.

މި ދަތުރުފުޅުގެ ބޭނުމަކީ ވިޔަފާރިއާއި އިންވެސްޓްމެންޓުގެ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތައް ހޯދައި، މަޝްވަރާ ކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެެވެ.

މީގެ ކުރިން މިނިސްޓަރު ސައީދު ވަނީ ވިޔަފާރީގެ މަޝްވަރާތަކަށް އިނގިރޭސިވިލާތާއި ޗައިނާއަށްވެސް ވަޑައިގެންފަ އެވެ.

ސައީދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގައި ފައިނޭންޝަލް އެސޯސިއޭޝަންތަކާއި އިންވެސްޓްމަންޓް އެސޯސިއޭޝަންތަކާއި މާލީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާތަކެއް ކުރެއްވި އެވެ.