ފިނޭންސް މިނިސްޓްރީ

3.3 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި

ފިނޭންސް މިނިސްޓްރީ -- ފޮޓޯ: އަވަސް
0%
0%
0%

ހަރަދުތައް ހަމަޖެއްސުމަށްޓަކައި ޖުމްލަ 3.3 ބިލިއަން ރުފިޔާގެ ހަތަރު ޓީބިލެއް ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި 28 ދުވަހުން އަނބުރާ ދެއްކުމަށް ދެ ބިލިއަން ރުފިޔަގެ ޓީބިލަކާއި، 98 ދުވަހުން އަނބުރާ ދެއްކުމަށް 165 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކާފައިވެ އެވެ.

އޭގެ އިތުރުން 196 ދުވަހުން އަނބުރާ ދައްކަންޖެހޭ 742 މިލިއަން ރުފިޔާގެ ޓީބިލަކާއި 364 ދުވަހުން އަނބުރާ ދައްކަންޖެހޭ 467 މިލިއަން ރުފިޔާގެ ޓީބިލެއް ވެސް ފިނޭންސް މިނިސްޓްރީން ވިއްކާފައިވެ އެވެ.

ޓީބިލްގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ.

ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ.

ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910