ޓީ-ބިލް

3.5 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި

ފިނޭންސް މިނިސްޓްރީ -- ފޮޓޯ: އަވަސް
0%
0%
0%

ހަރަދުތައް ހަމަޖެއްސުމަށްޓަކައި 3.5 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ހަތަރު ޓީ-ބިލެއް ވިއްކާފައިވެ އެވެ.

މީގެ ތެރޭގައި ހިމެނެނީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 895 މިލިއަން ރުފިޔާގެ ޓީބިލަކާއި މި އަހަރުގެ މޭ 19 ގެ ކުރިން އަނބުރާ ދައްކާ 513.4 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން މިއަހަރުގެ އޮގަސްޓް 11 ގެ ނިޔަލަށް އަނބުރާ ދައްކާ އެއް ބިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ ފެބްރުއަރީ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 1.1 ބިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.

ޓީބިލްގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ.

ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ.

ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345