ހައްޖުގެ އަޅުކަން

ހައްޖު ކޯޓާ އިތުރުކުރަން މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
100%
0%
0%

ރާއްޖޭގެ ހައްޖު ކޯޓާ އިތުރުކުރުމާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފި އެވެ.

ރައީސް މި މަޝްވަރާތައް ކުރެއްވީ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އެމެރިކާއަށް ކުރައްވަމުން ގެންދާ ދަތުރުގައި ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރު އަދި އާންމު މަޖިލީހުގައި ސަައުދީގެ ޑެލެގޭޝަން ހެޑް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދުއާ ކުރެއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގެ ރައީސް ވަނީ ރާއްޖެއަށް ކޮންމެ އަހަރަކު ދޭ ހައްޖު ކޯޓާ އިތުރުކޮށްދިނުމުގެ މަޝްވަރާތަކެއް ކުރައްވާފަ އެވެ. ސައުދީގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެ ގައުމުގެ ސަރުކާރުން ހުރީ ކޯޓާ އިތުރުކޮށްދިނުމުގެ މަސައްކަތްކުރައްވަން ތައްޔާރަށް ކަމަށެވެ.

ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސައުދީ އަރަބިއާއިން ރާއްޖެއަށް ދޭ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާއި، ދެ ގައުމުގެ މެދުގައި އޮންނަ އަހުވަންތަ ގުޅުން ފާހަގަކުރައްވާފަ އެވެ.

އަދި ސަރުކާރުން މިހާރު ކުރަމުންދާ މުހިންމު މަސައްކަތްތަކުގައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ވެސް ރައީސް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ފިސްކަލް ރިފޯމާއި، ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާގެ އިތުރުން އިގްތިސާދީ ތަރައްގީ ވެސް ހިމެނެއެވެ.

ސައުދީގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެ ގައުމުގެ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނާނެ ކަމަށެވެ.

ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި އޮންނަ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ވަރުގަދަކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345