މޯޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

ސީއޭއޭގެ މުވައްޒަފުންގެ ޕެޓިޝަނެއް ރައީސް މުއިއްޒަށް

ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގަމުން ގެންދާ ވެލާނާގެ ބިލްޑިން -- ފޮޓޯ: އަވަސް
0%
0%
0%

ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)ގެ މުވައްޒަފުންގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މިއީ ސީއޭއޭގެ އާ އޮނިގަނޑާ އެއްގޮތަށް ޖެނުއަރީ މަހުގެ މުސާރަ ލިބިފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ޕެޓިޝަނެކެވެ.

ސީއޭއޭގެ ބައެއް މުވައްޒަފުން މިއަދު ބުނި ގޮތުގައި އާ އޮނިގަނޑާ އެއްގޮތަށް މުސާރަ ދިނުމަށްޓަކައި މުވައްޒަފުންނާ އެކު އެއްބަސްވުމެއްވެސް ވަނީ ހަދާފަ އެވެ. އެކަމަކު ޖެނުއަރީގެ މުސާރަ ލިބުނުއިރު އާ އޮނިގަނޑާ އެއްގޮތަށް މުސާރަ ލިބިފައި ނުވާ ކަމަށް މުވައްޒަފުން ބުންޏެވެ.

ރައީސްއަށް ހުށަހެޅި ޕެޓިޝަންގައިވާ ގޮތުން އާ އޮނިގަނޑާ އެއްގޮތަށް ސީއޭއޭގެ މުވައްޒަފުންނަށް ޖެނުއަރީ މަހުގެ ތެރޭގައި މުސާރަ ލިބިފައި ނުވަނީ ކަމާގުޅޭ އިދާރާތަކުގެ ހުއްދަ ލިބިފައި ނުވާތީ އެވެ.

މުވައްޒަފުންގެ ޕެޓިޝަންގައި ވަނީ ރައީސް މުއިއްޒުއާ ވީހާވެސް އަވަހަށް ބައްދަލުކުރުމަށްވެސް އެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910