ހަބަރު

ޓްރާންސްޕޯޓަށް އެގްޒެކެޓިވް ޑިރެކްޓަރަކު ލައިފި

ޓްރާންސްޕޯޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޓްރާންްސްޕޯޓް މިނިސްޓްރީގެ ސިވިލް އޭވިއޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހ. ބުލޫޝަފާ، މުހައްމަދު ހައިޝަމް ލަތީފެވެ.

މިނިސްޓްރީތަކުގެ މިފަދަ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ ބާރެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ކޮޅުގައި އުވާލާފައި ވަނިކޮށް މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އެވެ.