މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ރިޔާޒު އާއި ޝިމާޒު ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފި

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ، ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފި އެވެ.

މިކަން ކަށަވަރު ކޮށްދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރިޔާޒު، ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޝިމާޒް ބަދަލުކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރި ދެ އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި މިއަހަރުގެ މެއި 29 އިން ފެށިގެން ރިޔާޒު ހުންނެވީ ސަސްޕެންޝަންގަ އެވެ.

ޝިމާޒުގެ މައްޗަށް ކޮށްފައިވަނީ ގަވައިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ކުރުންފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ އިތުރުން މިނިސްޓްރީގެ ބައެއް ބޭފުޅުންގެ އަބުރަށް އަރައިގެން ކަމުގެ ތުހުމަތުތަކެކެވެ.

މި ބަދަލުތައް ގެނެސްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.