ހަބަރު

ބްރޫޝެލްސްގައި ތިބި ދިވެހިން ތިބީ ސަލާމަތުން: ފޮރިން މިނިސްޓްރީ

ބްރަސެލްސްގައި މިވަގުތު ދިރިއުޅެމުންދާ ހުރިހާ ދިވެހިން ތިބީ ސަލާމަތުން ރައްކާތެރިކަމާއެކު ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެމިނިސްޓްރީން ދެންމެ ކުރި ޓުވީޓެއްގައި ބުނީ ބްރަސެލްސްގައި ތިބި ދިވެހިންގެ ތިބީ ރައްކާތެރި ކަމާއެކު ކަމަށާއި އެމީހުންގެ ހާލަތު މޮނީޓާ ކުރަމުންދާ ކަމަށެވެ.

އަދި ދިވެހި ހާރިޖިއްޔާއިން ވަނީ ބްރަސެލްސް އަށް ދިން އެ ޓެރަރިސްޓު ހަމަލާ ކުށްވެރިކޮށްފަ އެވެ.

މިއަދު ބްރަސެލްސްގެ ބައިނަލްއަގްވާމީ މައި އެއާޕޯޓުގައު ދެފަހަރު ދެ ބޮން ގޮއްވާލާފައިވެ އެވެ. އެހަމަލާގައި މިހާތަނަށް 13 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ބޮންތައް ގޮއްވާލުމާއެކު އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ޓެރާ އެލާޓް ނެރެފަ އެވެ. އެގައުމުގެ ލޯކަލް މީޑީއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ބޮންތައް ގޮއްވާލާފައިވަނީ އެމެރިކަން އެއާލައިންސްގެ ކައިރީގަ އެވެ. އަދި އެވަގުތު އެތައް ބަޔަކު ޗެކިންގ ވަމުންދިޔަ ކަމަށްވެސް ރިޕޯޓުކުރެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޕްރިސް އަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެގައުމަަށް ވަނީ ހައި ސެކިއުރިޓީ އެލާޓް ނެރެފަ އެވެ. މިއަދުގެ ހަމަލާދީފައި މިވަނީ ޕެރިހުގައި ބޮން ގޮއްވުމުގެ ޖަރީމައިގާ އެންމެ އިސްކޮށް އުޅުނު ސަލާހު އަބްދުއްސަލާމް ހައްޔަރު ކުރިތާ ހަތަރު ދުވަސް ފަހުންނެވެ.