ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

މިއީ ނުރަސްމީ ދަތުރުފުޅަކަށްވާތީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރެ އެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ކުރެއްވި ދެވަނަ ނުރަސްމީ ދަތުރުފުޅެވެ.

އެންމެ ފަހުން ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ މާޗް 21 ވަނަ ދުވަހުގެ ރެ އެވެ.

ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ވަނީ ރަސްމީ ދަތުރުފުޅުތަކެއްގައި ތުރުކީ، ޔޫއޭއީ އަދި ޗައިނާއަށް ވެސް ވަޑައިގެންފަ އެވެ.