ޑރ. މުހައްމަދު މުއިއްޒު

ސިންގަޕޫރުގެ އާ ބޮޑުވަޒީރަށް ރައީސް މުއިއްޒުގެ ތަހުނިޔާ

ސިންގަޕޫރުގެ އާ ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސްގެ ތަހުނިޔާ މެސެޖުގައި ވިދާޅުވީ ވޮންގްގެ ބޮޑުވަޒީރުކަމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ދެ ގައުމަށްވެސް ފައިދާވާ ގޮތެއްގައި ވިޔަފާރީއާއި އިގްތިސާދީ ދާއިރާގައި ގުޅިގެން ކުރިއަށް ދިއުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ލޯރެންސް ވޯންގް ސިންގަޕޫރުގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަންނަވަނީ ފާއިތުވި 20 އަހަރު ބޮޑުވަޒީރުކަން ކުރެއްވެވި ލީ ޝިއަން ލޯން މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވުމުންނެވެ.

އުމުރުފުޅުން 51 އަހަރުގެ ލޯރެންސް ވޮންގް ވެގެންދާނީ ސިންގަޕޫރުގެ ހަތަރު ވަނަ ބޮޑުވަޒީރެވެ.