ބޭރުގެ އެހީ

އިންޑިއާ އިން ރާއްޖެ ފޮނުވި ހަކުރު ޝިޕްމަންޓެއް ލަންކާގައި، ތަހުގީގުކުރަނީ

ގުދަނެއްގައި ހަކުރު ރައްކާކޮށްފައި -- ފޮޓޯ: އަވަސް
0%
0%
0%

އިންޑިއާ އިން ރާއްޖެއަަށް ފޮނުވި 70 ޓަނުގެ ހަކުރު ގަވާއިދާ ހިލާފަށް ސްރީލަންކާއަށް ގެންދިޔަ ކަމަށް ބުނާ މައްސަލައެއް އިންޑިއާގެ ސަރުކާރުން ބަލަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހާއްސަ އެއްބަސްވުމެއްގެ ދަށުން އިންޑިއާ އިން ރާއްޖެއަށް ފޮނުވަން ނިންމާފައިވަނީ ޖުމްލަ 64،494.33 ޓަނުގެ ހަކުރެވެ.

މީގެތެރޭގައި ހިމެނޭ 70 ޓަނުގެ ހަކުރު ކަމާ ބެހޭ ފަރާތް ތަކުން ރާއްޖެއަށް އެތެރެ ނުކޮށް ގަވާއިދާ ހިލާފަށް ސްރީލަންކާއަށް ގެންދިޔަ ކަމަށް ބުނާ މައްސަލައެއް އެ ގައުމުގެ ސަރުކާރުން ދަނީ ބަލަމުންނެވެ.

މިމައްސަލަ ދިމާވުމުން 70 ކޮންޓެއިނަރުގެ ހަކުރު ލަންކާގެ ސަރުކާރުން ހިފަހައްޓާފައިވާ ކަމަށްވެސް ރިޕޯޓްތަކުގައިވެ އެވެ.

ރާއްޖެއާއި އިންޑިއާ އާއި ދެމެދު މިދިޔަ އޭޕްރީލް މަހު ވެފައިވާ ހާއްސަ އެއްބަސްވުމުގެ ދަށުން ހަނޑުލާއި ހަކުރާއި ފުށުގެ އިތުރުން މުގާއި ބިހާއި ފިޔާ އަދި އަލުވި ރާއްޖެއަށް އެތެރެ ކުރަން ހާއްސަ ހުއްދައެއް ވަނީ ދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910