ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެެވެ.

ރައީސްގެ ދެކަނބަލުން މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅަކަށް ވާތީ ރައީސް އޮފީހުން މިދަތުރުފުޅުގެ މައުލޫމާތު ހިއްސާކުރައްވާފައެއް ނުވެ އެެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރެއްވި ފުރަތަމަ ނުރަސްމީ ދަތުރުފުޅެވެ.

ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިފަހުން ރައީސް މުއިއްޒު ވަނީ ތުރުކީ، ޔޫއޭއީ އަދި ޗައިނާއަށް ރަސްމީ ދަތުރުފުޅުތަކެއްގައި ވަޑައިގެންފަ އެވެ.