އެމެރިކާ ޑޮލަރު

ޑޮލަރުގެ އަގު އަނެއްކާވެސް ވެއްޓިއްޖެ

ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނާތީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެ އެވެ.

ރާއްޖޭގައި ޑޮލަރު މާރުކޮށްދޭ ބައެއް ފަރާތްތަކުން ބުނި ގޮތުގައި މިހާރު ޑޮލަރުގެ އަގުހުރީ 17.60 ރުފިޔާއަށް ވުރެ ބޮޑު ނުވާ ރޭޓެއްގައެވެ.

އެހެންކަމުން މިއީ މިއަހަރު ފެށުނުއިރު ޑޮލަރުގެ އަގު ހުރި ރޭޓު ކަމަށްވާ 18 ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 60 ލާރީގެ ދަށްވުމެކެވެ.

ކޮވިޑް 19ގެ ދުވަސްވަރު ރާއްޖޭގައި އެމެރިކާ ޑޮލަރުގެ އަގު 20 ރުފިޔާއަށް ވެސް އެރި އެވެ.

ޑޮލަރުގެ އަގު ވެއްޓެމުން މިދަނީ ބާޒާރުގައި ޑޮލަރު ދައުރުވުން އިތުރުވެފައިވާތީ ކަމަށްވެސް ޑޮލަރު މާރުކޮށްދޭ ތަންތަނުން ބުނެ އެވެ.

ރާއްޖޭގައި ޑޮލަރުގެ އަގު ދަށަށްދާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.