އަލީ ހުސައިން

ގޮނޑި ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރަން ވަގުތީ އަމުރަކަށް އެދިއްޖެ

އަލީ ހުސައިން -- ފޮޓޯ: އަވަސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އިތުރު ގޮތްތަކެއް ކަނޑައަޅައި ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް އިޖުރާއަތެއް ހިންގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

މިފަދަ ވަގުތީ އަމުރަކަށް އެދުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އިތުރު ގޮތްތަކެއް ކަނޑައަޅައި ގާނޫނުއަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައިވާ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ.

ވަގުތީ އަމުރަށް އަލީ ހުސައިން އެދިފައިވަނީވެސް ދުސްތޫރީ މައްސަލައިގެ ތެރެއިންނެވެ.

އޭނާ އެދިފައިވަނީ ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް އެއްވެސް މެންބަރަކު މަގާމުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށްދިނުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910