ދުނިޔެ

އެމެރިކާ، އީރާން ނުރަސްމީ މަޝްވަރާތައް އާދީއްތަ ދުވަހު އޮމާންގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ)ގައި އަދި އީރާންގެ ލީޑަރު އަލީ ޚާމަނާއީ -- ދެ ގައުމުގެ ދެމެދުގައި ނުރަސްމީ މަޝްވަރާތައް ފަށަނީ
0%
0%
0%

އެމެރިކާއާއި އީރާންއާ ދެމެދު ނުރަސްމީ މަޝްވަރާތައް އޮމާންގައި، އަންނަ ހަފުތާގައި ނުވަތަ އެއަށް ވުރެ ކުރިންވެސް ފެށިދާނެ ކަމަށް އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވެއްޖެ އެވެ.

މިއީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް އެމެރިކާ އެދިގެން ކުރާ މަޝްވަރާތަކެކެވެ. ނަމަވެސް އެމެރިކާއާއި މަޝްވަރާކުރުމަކީ އެއްގޮތަކަށް ވެސް ބޭނުންވާ ގޮތް ނޫން ކަމަށް އީރާނުން އޮތީ ބުނެފަ އެވެ.

އެމެރިކާއާ އެކު ކިތަންމެ އިޚުލާސްތެރިކަމާ އެކު މަޝްވަރާކުރި ނަމަވެސް އެދެވޭ ނަތީޖާއެއް ނުނިކުންނަ ކަމަށް އީރާނުން ދެކެ އެވެ. އަދި އެމެރިކާ އަކީ ވައުދެއް ވެއްޖެނަމަ، އެހައި އަވަހަށް އުވާލާ ބަޔަކު ވެރިކަންކުރާ ގައުމެއް ކަމަށްވެސް އީރާނުން ތަކުރާރުކޮށް ބުނެ އެވެ.

އީރާނުން ބުނާ ގޮތުން އެމެރިކާއާ އެކު ސީދާ މަޝްވަރާތަކަށް ދިއުމަކީ އެއްވެސް ފައިދާއެއް އޮތް ކަމެއް ނޫނެވެ. އެމެރިކާއާ އެކު ކިތަންމެ ޒަމާނެއް ވަންދެން މަޝްވަރާކުރި ނަަމަވެސް އެކަމުގައި އީރާނަށް މަންފާއެއް ނެތެވެ.

އެމެރިކާއާ އެކު ސީދާ މަޝްވަރާތަކަށް ނުދިޔަ ނަމަވެސް މަޝްވަރާގެ ދޮރުތައް ބަންދުނުކުރާނެ ކަމަށް އީރާންގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ. މަސްރަހު އޮތް ގޮތުން އެންމެ ބުއްދިވެރީ އެމެރިކާއާ އެކު ނުސީދާ މަޝްވަރާތައް ކަމަށް ވަޒީރު ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވި ގޮތުން އީރާނުން މަޝްވަރާކުރަން ބޭނުން ނޫންނަމަ އޮތީ އަސްކަރީ ހަމަލާތަކާ ކުރިމަތިލުމެވެ. އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮންއެޅުމަކީ އެމެރިކާއަށް ދާދި ފަސޭހަކަމެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕްގެ މި އިންޒާރަށް ޖަވާބުދެމުން އީރާނުން ބުނީ ގަނާކޮށް އަދި ބިރުދެއްކުމަކުން އީރާންގެ މިސްރާބު ބަދަލުނުވާނެ ކަމަށެވެ. އީރާނަށް ހަމަލާދީފި ނަމަ، އޭޝިއާ ބައްރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށްވެސް އީރާނުން ބުންޏެވެ.

އީރާންގެ މި ބުނުމަށް އެމެރިކާ އިން ކޮންމެވެސް ވަރަކަށް ވިސްނައި ރޭވުންތައް ބަދަލުކުރި ކަމަށް ފެނެ އެވެ. އެމެރިކާގެ ކިބައިން މިހާރު ފެންނަނީ އަސްކަރީ އިންޒާރަށް ވުރެ، މަޝްވަރާއަށް އަހަންމިޔަތުކަން ދޭ ތަނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910