ދުނިޔެ

އިޒްރޭލުގެ ގާބިލުކަން އީރާނަށް ދައްކާލައިފި

އިޒްރޭލުން އެމެރިކާއާ ގުޅިގެން ބޭއްވި އަސްކަރީ ފަރިތަކުންތައްކުގައި ބޭރުންކުރި ޖެޓުތައް
50%
12.5%
37.5%

އިޒްރޭލަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އީރާނެވެ. މެދުއިރުމަތީގައި އިޒްރޭލު ފިޔަވައި ނިއުކްލިއާ ގައުމެއް އުފެދުމަކީ އިޒްރޭލަށް ކެތްވާ ވަރުގެ ކަމަކަށް ނުވާނެ އެވެ. އަސްކަރީ ބާރުވެރިކަމުގެ ގޮތުން ވެސް އިޒްރޭލާ ފައިހަމަ ކުރާ ގައުމެއް މުޅި އެ ސަރަހައްދުގައި ވެސް އޮވެގެން ނުވާނެ އެވެ.

މި ހުރިހާ ކަމެއް އެކުވެ ލިބިގެންފައި ވަނީ އީރާނުންނެވެ. އެހެންކަމުން އީރާނަށް ހަމަލާއެއްދީ ނައްތާލުމަށް އިޒްރޭލުން ރެއާއި ދުވާލު ދަނީ މަސައްކަތް ކުރަމުންނެވެ.

އީރާނަށް ހަމަލާއެއް ދޭން ޖެހިދާނެ ކަމަށް ބަލައި އެމެރިކާގެ މަދަދާއެކު އިޒްރޭލުން ދަނީ ތައްޔާރުވަމުންނެވެ. އަނެއްކޮޅުން ސަރައްހައްދަށް ފަރިތަ ގައުމެއް ގޮތުގައި ދައްކާލަން މިލިޓަރީ އެއާ ޝޯތައް އިޒްރޭލުން ދަނީ ބާއްވަމުންނެވެ.

އިޒްރޭލު ބުނާ ގޮތުން އެ ސަރަހައްދުގައި ވެސް ނެތްވަރުގެ އަސްކަރީ ބާރެއް އޮތީ ހަމައެކަނި އިޒްރޭލުގަ އެވެ. އީރާނަން މިކަން ދައްކާލުމަށް ޓަކައި އެމެރިކާއާ ގުޅިގެން ވައިގެ ފަރިތަ ކުރުންތަކެއް ވެސް ވަނީ ބާއްވާފަ އެވެ.

އިރާނަށް ހަމަލާއެއް ދޭން އިޒްރޭލަށް ޖެހިއްޖެ ނަމަ ބޭނުން ކުރާނެ ހަތިޔާރާއި ޖެޓް ފައިޓަރުތައް ކަމިޝަންކޮށް ވަނީ ނިންމާފަ އެވެ. އަދި އަލަށް ހޯދަންޖެހޭ އަސްކަރީ އާލާތްތަކަށް ބަޖެޓް ހޯދައި ވަނީ މަސައްކަތް ފަށާފަ އެވެ.

އިޒްރޭލުން ބުނާ ގޮތުން އީރާން ނައްތާލުމަށްޓަކައި ބޭނުން ކުރާނެ ހަތިޔާރުތައް އަދި ހުރީ އެވެ. އިޒްރޭލުގައި ހުރި އެމެރިކާގެ ގުދަންތަކުން ވަކި ވައްތަރެއްގެ ހަތިޔާރު ހުސް ނުކުރަން އިޒްރޭލުން ވަނީ އެމެރިކާއަށް އަންގާފަ އެވެ.

އެމެރިކާގެ ބޮން އަޅާ ބޯޓެއް ފަހަތުން އިޒްރޭލު ޖެޓްތައް ދަތުރުކުރަނީ

ޚަބަރުތައް ބުނާ ގޮތުން އިރާނާއެކު ހަނގުރާމައެއް ފެށިއްޖެ ނަމަ ބޭނުންކުރާ ހަތިޔާރުގެ ލިސްޓެއް އެމެރިކާއާ ގުޅިންގެން ވަނީ އެކުލަވާލާފަ އެވެ. އަދި އެއީ މީގެ ކުރިން ބަޔަކު ދެކެފައި ނުވާ ޒާތުގެ ހަތިޔާރަށް ވާނެ ކަމަށް ވެސް ބުނެ އެވެ.

އިޒްރޭލަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އީރާނުން ނިއުކްލިއާ ބޮން އުފައްދަން ކުރާ މަސައްކަތްތަކެވެ. އިޒްރޭލުން ބުނި ގޮތުގައި ނިއުކްލިއާ ބޮމެއް އުފެއްދޭ ފެންވަރަށް އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރަން ފުރުސަތު ނުދޭނެ އެވެ.

އީރާނުން ބުނާ ގޮތުން އިޒްރޭލަށް ދޭން އޮތީ ނަސޭހަތެކެވެ. އެއީ މިހާރު އޮތް ހާލަތުގައި އޮވެވޭތޯ ބެލުމެވެ.

އީރާނުން ބުނީ އިސްވެ އިޒްރޭލަށް ހަމަލާ ނުދޭނެ ކަމަށާއި އިޒްރޭލުން އީރާނަށް ހަމަލާދީފި ނަމަ އިޒްރޭލު މިހާރު އޮތް ތަނުގައި ދެން އޮންނާނީ ވަޅުގަނޑެއް ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުރާސިލުން

އެމަރިކާގެ އެއަރ ޑިފެންސް ސިސްޓަމް ޕެޓްރިއޮޓް އަދި ތާޑައް އީރާނުގެ އެންމެ އާދައިގެ ފާތިހް ގިޔާމް މިސައިލުތައް ޑިޓެކްޓްނުވި އިރާގުގެ އެމަރިކާ ބޭސްތަކަށް ހަމަލާދިންއިރު.. ސުބުޙާނަﷲ އީރާނުގެ ބާރުގަދަކަމާ އަދި ކޮބާ އީރާނުގެ ވަރުގަދަ މިސައިލުތަކުގެ ފެންވަރު؟؟ އިޒްރޭލު ކީ ޙުދު އެމަރިކާވެސް ސަލާމަތެއްނުވާނެކަމީ ޔަގީންކަން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345